ކާނާ

ރެސިޕީ : ވައިޓް ޗިކަން ޗިލީ


އާންމުކޮށް އެގޮތަކަށް ކުކުޅު ތައްޔާރުކުރުމުގެ ބަދަލުގައި މިއީ އަޖުމަބަލާލަން ރަގަނޅު ރެސިޕީއެކެވެ.

ބޭނުންވާނެ ތަކެތި :

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
1 ފިޔާ (ކުދިކޮށް ކޮށާފައި)
2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
½ މޭޒުމަތީ ސަމުސާ ދިރި
2 ފެހި ތޮޅި މިރުސް (ކުދިކޮށް ކޮށާފައި)
3 ބޯންލެސް ޗިކަން ބްރެސްޓް (ފިނިކަނޑުވާ، ކޮންމެ އެތިކޮޅެއް ތިންބަޔަށް ކޮށާފައި)
5 ޖޯޑު ހޫނުފެނުގައި ގިރާފައިވާ ޗިކަން ސްޓޮކް
1 ½ ކޯން (ދަޅުކުރި ވައްތަރު ފެންހުސްކޮށްފައި)
½ ޖޯޑު ސަވަރ ކްރީމް
ލޮނު، އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް :

ބޮޑު ތާހެއްގައި މެދުގިނީގައި ފިޔާކޮޅު މީރުކޮށްލާށެވެ. ދެން ތާހުގެ ތެރެއަށް ލޮނުމެދު، ދިރި އަޅާ އެއްކޮށްލާށެވެ. 2 މިނެޓު މިތަކެތި މީރުކޮށްލުމަށްފަހު ފެހި މިރުސް، ކުކުޅު އަދި ޗިކަން ސްޓޮކް އަޅާ އެއްކޮށްލާށެވެ. ދެން ތާހުގެ މަތިޖަހާ 12 މިނެޓު (ނުވަތަ ކުކުޅުތައް ރޯފިލަންދެން) ކައްކާލާށެވެ.
އެއަށްފަހު ކުޅުޅު ބްރެސްޓްތައް ތާހުން ނަގައި، ތައްޓެއްގެ މަޓީގައި ބަހެއްޓުމަށްފަހު އުލަކުން ކުދިކުދި ކޮށްލާށެވެ. ދެން އެކުކުޅުކޮޅު ލޮނު، އަސޭމިރުސް، އަދި ކޯން ކޮޅަކާއި އެކު އަލުން ތާހުގެ ތެރެއަށް އަޅާ ހުރިހާ އެއްޗެއް އެއްކޮލުމަށްފަހު 10 މިނެޓު ކައްކާލާށެވެ. ދެން އުދުން ނިއްވާލާފައި ސަވަރ ކްރީމް ތާހުގެ ތެރެއަށްއަޅާ އެއްކޮށްލާށެވެ.