ކާނާ

ރެސިޕީ : ޗިކަން އެންޑް ކޯން ފްރިޓާޓާ


މިއީ ހަވީރު ސަޔަށް ނުވަތަ ހެދުނުގެ ނާސްތާއަށްވެސް ތައްޔާރުކޮށްލަން ރަގަނޅު އެއްޗެކެވެ.

ބޭނުންވާނެ ތަކެތި :

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
2 ޖޯޑު ކުކުޅު (ބްރެސްޓް، ފެނުކައްކައި ކުދިކޮށްފައި)
3 ފިޔާ (ކުދިކޮށް ކޮށާފައި)
ދެ ކެރެޓު (ގާނާފައި)
125ގ ގެ 2 ދަޅު ޒުވާރި (ފެން ޑްރެއިންކޮށްފައި)
6 ބިސް
½ ޖޯޑު ކްރީމް
1/3 ޖޯޑު ޗީޒް (ގާނާފައި)
2 ލޮނުމެދު (ޗަސްކޮށް ގާނާފައި)

ތައްޔާރުކުރާނެ ގޮތް :

ތާހެއްގައި މަޑުގިނީގައި ތެޔޮކޮޅު ހޫނުކޮށްލާށެވެ. ތާހުގެ ތެރެއަށް ކުކުޅު، ފިޔާ، ކެރެޓު އަދި ކޯންއަޅާށެވެ. ދެން ކެރެޓުތައް މަޑުވަންދެން މީރުކޮށްލާށެވެ. ދެން ޓްރޭއެއްގައި ކުކުޅުކޮޅު ފަތުރާލާށެވެ.
އަވަން 120 ޑިގްރީއަށް ޖައްސާށެވެ. އަދި ޖަގެއްގައި ބިސް، ކްރީމް، ޗީޒް އަދި ލޮނުމެދުކޮޅު އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅު އެޅި ޓްރޭގެތެރެއަށް ޖަގުގައި ގިރި އެއްޗެތި އަޅާލާށެވެ. މިއަށްފަހު ޓްރޭ އަވަނަށްލާ 10 މިނެޓު ފިހެލާށެވެ. ނޫނީ ރޯފިލަންދެން ބަހައްޓާށެވެ.