ކާނާ

ރެސިޕީ: ބެޓަރ ފޮރ ޔޫ ބަނާނާ ޕެންކޭކްސް


ހެދުނުގެ ނާސްތާއަށް ތައްޔާރުކޮށްލުމަށް މިއީ ވަރަށް މީރު އެއްޗެކެވެ. ހާއްސަކޮށް ދޮންކެޔޮ މީރު މީހުންނަށް މިވައްތަރުގެ ޕޭންކޭކްސް ވަރަށް ކަމުދާނެއެވެ.

ބޭނުންވާނެ ތަކެތި :

100ގ ޗަސްކޮށްފައިވާ ދޮންކެޔޮ (2 ދޮންކެޔޮ)
1 ޖޯޑު ފުއް
1 ސައިސަމުސާ މުގުރި ފޮނިތޮށި
4 ބިސް
150 އެމްއެލް ފުލްކްރީމް މިލްކް
2 ސައިސަމުސާ ބޭކިން ޕައުޑަރ
ބަޓަރ
މިކްސްޑް ބެރީޒް (ކުދިކޮށްކޮށާފަ)
މޭޕަލް ސިރަޕް ނޫނީ މާމުއި

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ޗަސްކޮސްފައިވާ ދޮންކެޔޮލާއި، ފުއް، މުގުރި ފޮނިތޮށި، ބިސް، ކިރު ބްލެންޑަރ ނުވަތަ ފުޑް ޕްރޮސެސަރއެއްގައި މިކްސްކުރާށެވެ. ހުރިހާ އެއްޗެއް ރަގަނޅަށް އެއްވުމުން ބޭކިން ސޯޑާ އެޅުމަށްފަހު އިތުރު މިނެޓު ބްލެންޑުކޮށްލާށެވެ. މިހުރީ ޕެންކޭކް ބެޓަރ ހެދިފައެވެ.
ދެން ނޮން-ސްޓިކް ތާހެއް މަޑުގިނީގައި އުދުންމައްޗަށް އުދާށެވެ. ތާސް ހޫނުވުމުން ބަޓަރކޮޅެއް ކާތާލާށެވެ. ދެން ކުރިން ބްލެންޑްކުރި ބެޓަރގެ ތެރެއިން ¼ ޖޯޑުގެ އެއްޗެތި ތާހައްއަޅާށެވެ. 2-3 މިނެޓުވެ، ޕެންކޭކުގެ މަތީގައި ބޮކިޖަހަންފެށުމުން އަނެއް ފުށަށްޖަހާ އަނެއްކާވެސް 2 މިނެޓެއްހާއިރު ފިހެލާށެވެ. ޕެންކޭކްގެ ދެފުއްވެސް ހުންނަންވާނީ ރަން-ރީނދޫ ކުލައިގައެވެ. ހުރިހާ ބެޓަރއެއް ހުސްވަންދެން ޕެންކޭކް ފިހެވިދާނެއެވެ. ނޫނީ ބޭނުމިއްޔާ ފްރިޖްގައި ޕޭންކޭކް ބެޓަރ ބަހައްޓާފަ ފަހުން ބޭނުންކުރެވިދާނެއެވެ.
ޕެންކޭކް ކާއިރު، ކޮށާފައިވާ ބެރީޒް އަދި މާމު ނުވަތަ މޭޕަލް ސިރަޕާއިއެކު ކެވިދާނެއެވެ.