ޚަބަރު

ހިތަދޫގައި ރުކަކުން ވެއްޓި އަނިޔާވި ޒުވާނަކު މަރުވެއްޖެ


އައްޑޫ ސިޓީ ހިތަދޫގައި ރުކަކުން ވެއްޓި އަނިޔާވި ޒުވާނަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މިއަދު މެންދުރު ފަހުން ހިނގި މިހާދިސާގައި މަރުވެފައިވަނީ ސ.ހިތަދޫ / ފަލާހް، ހާތިމް ފައުޒީ(31އ)އެވެ.

އޭނާ މަރުވީީ ރުކުން ވެއްޓި ލިބުނު އަނިޔާތަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ޕީއެސްއެމް ނިއުސް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރުކުން ވެއްޓި ޖެހިފައިވަނީ ކައިރީގައި ހުރި ގާފުންޏެއްގެ މަތީގައެވެ.

މި ހާދިސާ ހިނގުމާއެކު އޭނާ ވަގުތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދޭން ފަށާފައިވެއެވެ. ހިތަދޫ ރިޖަނަލް ހޮސްޕިޓަލުން ބުނީ މިހާދިސާގައި އެނާގެ ބޮލަަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށެވެ. އަދި ހޮސްޕިޓަލަށް ގެނައި އިރުވެސް އެނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.