ޚަބަރު

އައްޑޫސިޓީ އަށް ކުރި ވިއްސާރާގައި ބައެއް ގެތަކަށް ގެއްލުންވެއްޖެ


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫސިޓީގެ ބައެއް ގޭގެއަށް ފެންވަދެ ގެއްލުންތަކެއް ވެއްޖެއެވެ.

އެގޮތުން އައްޑޫސިޓީގެ 3 ރަށެއްގެ ގެތަކަށް ފެންވަދެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ފެންވަދެފައިވަނީ ހިތަދޫގެ 2 ގެއަކަށާއި ފޭދޫގެ ދެގެއަކަށާއި ހުޅުދޫގެ ދެގެއަކަށް ކަމަށް އައްޑޫސިޓީގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑީޕާޓްމެންޓުން ވަނީ މަޢުލޫމާތުދީފައެވެ. އަދި މިކަމާގުޅިގެން ޢާއްމުންނަށް އެހީތެރިވުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އައްޑޫސިޓީ އަށް މިއަދު މެންދުރެއްހާއިރުން ފެށިގެން ވެހުނު ވާރޭގައި މަގުތަކުގައިވަނީ ފެންބޮޑުވެފައެވެ. އެމްއެންޑީއެފުން ވަނީ ފޭދުގެ މަގުތަކުގައި ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ.