ޚަބަރު

އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީން ހިންގި ފެހުމުގެ ކޯސް ނިންމާލައިފި


ތުއްތު ކުދިންގެ ހެދުން ފަހަން ދަސްކޮށްދޭ ކޯހެއް އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމުކޮށްގެން ބާއްވައިފިއެވެ.
އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ މި ކޯށް ބާއްވާފައިވަނީ މިދިޔަ މަހުގެ 24 އިން 29ގެ ނިޔަލަށެވެ. އައްޑޫ ސީޓީގެ 5 ދާއިރާއަކުން ޖުމްލަ 30 ބައިވެރިންނާއި އެކު ކުރިޔަށް ގެންދިޔަ މި ކޯހުގައި ކިޔަވާދިނީ އައްޑޫގެ އަމިއްލަ ފެހުންތެރިއެއްކަމަށްވާ ޒައިނަބް އަލީއެވެ.

ޑަބްލިއުޑީސީ ރައީސާ ޝެހެނާޒް ރަޝީދު މި ކޯހުގެ މަގުސަދަކީ އައްޑޫގެ އަންހެނުން ގޭގައި ތިބެގެން އާމްދަނީ ހޯދޭނެ މަސައްކަތެއް ދަސްކޮށްދީ އައްޑޫ އަންހެނުންގެ ފުދުންތެރިކަން އިތުރު ކުރުން ކަމުގައެވެ.