ޓެކްނޮލޮޖީ

ޔޫއޭއީން ޖައްވުގައި ހޮސްޕިޓަލެއް ޤާއިމްކުރަނީ


ޖައްވުގައި ހަރަކާތްތެރިވާ އެސްޓްރޮނޯޓުންނަށް ފަރުވާދިނުމަށް ޖައްވުގައި ހޮސްޕިޓަލެއް ޤާއިމްކުރަން ނިންމާފައިވާކަމަށް ޔޫއޭއީން ހާމަކޮށްފިއެވެ.

"ޢެރަބް ހެލްތު ކޮންފަރެންސް"ގެ ތެރެއިން ވާހަކަދައްކަވަމުން ޔޫއޭއީގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ކުލްސޫމް އަލް ބެލޫޝީ ވިދާޅުވީ މިއީ، ޔޫއޭއީން ކުރިއަށްގެންދާ ޖައްވީ ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދަން ނިންމާފައިވާ މަޝްރޫޢެއްކަމަށެވެ.

އޭނާ ވިދާޅުވީ ޖައްވުގައި ޤާއިމްކުރާ ހޮސްޕިޓަލުގައި ފަރުވާ ދޭނީ ބިމުގައި ތިބޭ ޑޮކްޓަރުންތަކެއް، ޓެލެމެޑެސިން މެދުވެރިކޮށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެންކަމަށެވެ. އަދި މިއީ ޓެލެމެޑެސިން މުޅިން އައު ހަރުފަތަކަށް ދިއުންކަމަށް އޭނާ ވިދާޅުވިއެވެ.

2020 ވަނަ އަހަރު މާސްއަށް ދިއުމަށް ޔޫއޭއީން މަސައްކަތްކުރާއިރު، އޭގެ ކުރިން ޖައްވުގައި ޤާއިމްކުރާ ހޮސްޕިޓަލްގެ މަސައްކަތް ނިންމާލުމަށް ޔޫއޭއީން ދަނީ މަސައްކަތްކުރަމުންނެވެ.