ކުޅިވަރު

ފިނޭ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމް ހޯދައިފި


ހދ. ފިނޭގެ އަމިއްލަ ޖަމްއިއްޔާއެއްކަމަށްވާ ވީއެސްއާރުސީން ބޭއްވި ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެއަތޮޅު ނޮޅިވަރަމް ވޮލީ ޓީމް ހޯދައިފިއެވެ. 

ފިރިހެން ޑިވިޝަންގެ މުބާރާތް ނޮޅިވަރަމް ވޮލީ ޓީމް ކާމިޔާބުކުރީ މެޗަކުން ބަލިނުވެއެވެ. މުބާރާތުގައި ފިނޭގެ އިތުރުން އެއަތޮޅު ތިން ރަށަކުން ތިން ޓީމެއް ވާދަކުރިއެވެ. އެއީ ނޮޅިވަރަމް ޓީމާއި، ވައިކަރަދޫ ޓީމާއި، ނައިވާދޫ ޓީމެކެވެ. ފިނޭން މުބާރާތުގައި ދެޓީމް ވާދަކުރިއެވެ. 

މިމުބާރާތުގެ ޗެންޕިއަންކަން ހދ.ނޮޅިވަރަމް ވޮލީޓީމް ހޯދީ ފައިނަލުގައި ހދ.ފިނޭގެ ޑީސީ ސްޕޯރޓްސް ކުލަބު ތިން ސެޓް އެއް ސެޓުން ބަލިކޮށްގެންނެވެ. މުބާރާތުގެ ތިންވަނަ ޓީމަކީ ހދ.ނައިވާދޫ ވޮލީޓީމެވެ. 

މުބާރާތުގެ ޑްރީމް ޓީމްގައި ހިމެނެނީ ނޮޅިވަރަމް ޓީމްގެ ނަޞްރުﷲ ހަލީލް، އަހުމަދު ރަޝީދު، އަލީ މުޙައްމަދު، ފިނޭ ބެސްޓް ފެމިލީގެ މުޙައްމަދު އަފާފް، ނައިވާދޫ ޓީމްގެ އަބުދުﷲ ޝަރީފް އަދި ފިނޭ ޑީސީ ސްޕޯރޓްސް ކްލަބްގެ އަލީ އަބުދުﷲއެވެ.