ކުޅިވަރު

ޤައުމީ ފެންވަރެއްގައި ރާއްޖެއަށް ޑޮޖްބޯލް ތަޢާރަފް ކުރަނީ


ޤައުމީ ފެންވަރުގައި ޑޮޖްބޯލް ތައާރަފްކުރުމުގެ މަސައްކަތް މޯލްޑިވްސް ސްޕޯރޓްސް ކޯޕަރޭޝަނުން ފަށައިފިއެވެ. 

ޑޮޖް ބޯލް ތަޢާރަފްކުރުމަށް ސްޕޯރޓްސް ކޯޕަރޭޝަނުން ވަނީ މެލޭޝިޔާގެ ޑޮޖްބޯލް ފެޑެރޭޝަނާ ގުޅިގެން މާލޭގައި ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

މިޓްރޭނިން ޕްރޮގްރާމްގެ ތެރެއިން އެކޯޕަރޭޝަނުން ކުރި މުޙިއްމު މަސައްކަތަކީ ރާއްޖެއަށް ޑޮޖްބޯލް ތައާރަފްކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކުގެ މެދުގައި ޑޮޖްބޯލް ޓީމްތަކެއް އުފެއްދުމެވެ. ތަމްރީނުތައް ކުރިއަށް ގެންދިއުމުގައި މެލޭޝިޔާގެ ޑޮޖްބޯލް ފެޑްރޭޝަނުން ތަޖުރިބާކާރު ކޯޗުންނާއި، ކުޅުންތެރިންގެ ޓީމެއް ބައިވެރިވިއެވެ. މިތަމްރީނުތަކުގައި އަންހެން ދެ ޓީމާއި ފިރިހެން ދެ ޓީމް ބައިވެރިވި ކަމަށް ސްޕޯރޓްސް ކޯޕަރޭޝަނުން މައުލޫމާތުދެއްވައެވެ.

 ތަމްރީނު ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ދެނީ މެލޭޝިޔާގެ ޑޮޖްބޯލް ފެޑެރޭޝަނާއި ސްޕޯޓްސް ކޯޕަރޭޝަނުންނެވެ. ދުނިޔޭގެ 65 ޤައުމެއްގައި ޕްރޮފެޝަނަލީ ކުޅޭ ޑޮޖް ބޯލްއަކީ ދިވެހިން ކުޅެމުން އަންނަ ފައިގަތަޅާ އާއި ވަރަށް އެއްގޮތް ކުޅިވަރެކެވެ.