ކުޅިވަރު

ފަސްޓްލޭޑީ ބަށިބޯލް ޗެމްޕިއަންޝިޕްގެ ތިންވަނަ ލ.ގަމް ހޯދައިފި


ފަސްޓްލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ތިންވަނަ ލ.ގަމު ބަށި ޓީމް ހޯދައިފިއެވެ. 

މުބާރާތުގެ ތިންވަނަ ލ.ގަމު ހޯދީ މިއަދު ހެދުނު ނ.މާފަރު ޓީމާ ވާދަކޮށް ފަސް ލަނޑުގެ ތަފާތުން މެޗު ކާމިޔާބުކޮށްގެންނެވެ. ލ.ގަމުގެ ދެ އިނިންގްސްގައި އެޓީމުން 34 ލަނޑު 10 ބޯޅަ ހެދިއެވެ. ނ.މާފަރުޓީމުން އެޓީމުގެ ދެއިނިންގްސްގައި ހެދުނީ 29 ލަނޑެވެ. 

މެޗަށްފަހު ލ.ގަމު ޓީމްގެ ކެޕްޓަން ހައްވާ ލިއުޝާ ބުނީ މުބާރާތުގައި ޓީމްގެ ކުޅުންތެރިންގެ އެންމެ މޮޅު ކުޅުން ނުދެއްކުނުކަމަށާއި، އަމަޒަކަށްވީ މުބާރާތުގެ ތަށިކަމަށެވެ. އެހެންނަމަވެސް ތިންވަނަ ލިބުމުންވެސް އުފާވާކަމަށެވެ.

ފަސްޓްލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގައި ވާދަކުރާނީ ފ.ފީއަލި ބަށި ޓީމާ ކ.މާފުށި ބަށިޓީމެވެ. މި މެޗު ކުޅޭނީ މިރޭ ގަލޮޅު ރަސްމީ ދަނޑުގައެވެ. މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއި، ފުޓް ސްޓޯލްތަކާއެކު ކުރިއަށްގެންދާ ފައިނަލް މެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އެރަސްމިއްޔާތަށް ޢާއްމުކޮށް ހުރިހާ ފަރާތްތަކަށް ވަނީ ދައުވަތުވެސް ދެއްވާފައެވެ.