ވިޔަފާރި

އުރީދޫ މޯލްޑިވްސް ގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ ބާއްވައިފި


އުރީދޫ މޯލްޑިވްސް ގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ ބާއްވައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި މި ޖަލްސާގައި ވޭތުވެ ދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި، ވޭތުވެދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ވަނީ ފާސްކޮށްފައެވެ. އަދި މިއަހަރަށް އޮޑިޓަރުން އައްޔަންކޮށް އުޖޫރަ ކަނޑައަޅާ ފާސްކުރުންވެސް މި ޖަލްސާގައި ކުރިއަށްގެންގޮސްފައިވެއެވެ.

މި ޖަލްސާގައި އާންމު ހިއްސާދާރުންގެ މެދުގައި ވޯޓުލުމަށްފަހު ބޯޑު މެންބަރެއްގެ ގޮތުގައި އިންތިޚާބުކޮށްފައިވަނީ، މިވަގުތު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަޙްމަދު ޒުހޫރެވެ. އުރީދޫ މޯލްޑިވްސްގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރު ވިކްރަމް ސިންހަ ވަނީ ރޭގެ ޖަލްސާގައި އިސްތިއުފާދެއްވާފައެވެ.

އުރީދޫ މޯލްޑިވްސް ގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ޖުމްލަ 699 ހިއްސާދާރުން ބައިވެރިވިއެވެ.