ޚަބަރު

ޕީއެސްއެމްގެ އެއްބާރުލުން އަބަދުވެސް ދިރާގަށް ލިބޭނެ- ޚަލީލް


ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމް އިން، އަބަދުވެސް ދިރާގުން ކުރާ ކަންކަމަށް އެއްބާރުލުންދޭނެކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވެއްޖެއެވެ.

ޚަލީލް މިހެން ވިދާޅުވީ ދިރާގުގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިބްރާހިމް ޚަލީލް ވިދާޅުވީ ދިރާގާއި ޕީއެސްއެމްއަކީ އަބަދުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ކުންފުނިކަމަށާއި ކުރިއަށްއޮތް ތަނުގައިވެސް ދިރާގުން ކުރާ މަސައްކަތްތަކަށް ޕީއެސްއެމްގެ ވެރިންނާއި، މުވައްޒަފުންގެ ފަރާތުން އެއްބާރުލުން ލިބޭނެކަމަށެވެ. މީގެ އިތުރުން ދިރާގާއި ޕީއެސްއެމް ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން 2 ކުންފުނިން ޚިދުމަތް ހޯދާ މީހުންނަށްވެސް ރަނގަޅު ޚިދުމަތްތަކެއް ލިބިގެންދާނެކަމަށް ޚަލީލް ވިދާޅުވިއެވެ.

ދިރާގުގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ދިރާގާއި ޕީއެސްއެމްގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.