މިއަހަރުގެ އޯލެވެލް އާއި އެސްއެސްސީ އިމްތިހާނުގައި 18 ޤައިދީއަކު ބައިވެރިވެއްޖެއެވެ. 
 
މިއަހަރު ޤައިދީން ބައިވެރިވެފައިވަނީ 4 މާއްދާއެއްގައެވެ. އެއީ ދިވެހި، އިސްލާމް، އިނގިރޭސި، އަދި ހިސާބެވެ.  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ  މިއަހަރު މި މާއްދާތަކުގައި ބައިވެރިވެފައިވާއިރު، މިދަޔަ އަހަރު ޤައިދީންވަނި މިމާއްދާތަކުން ރަނގަޅު ނަތިޖާ ތަކެއް ހޯދައިފައިކަމަށެވެ.
 
ޤައިދީންގެ ތައުލީމީ ފެންވަރުރަނގަޅުކޮށް އެމީހުންނަކީ މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހެދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރިވިސްއިން ދަނީ ގިނަ މަސައްކަތްތައްކެއް ކުރަމުންނެވެ. މީގެ އިތުރުން ތައުލީމްގެ ތެރެއިން މަސައްކަތް ދަސްކޮށްދިނުމަކީވެސް އެމުއައްސަސާއިން ވަރަށްބޮޑު އިސްކަމެއްދީގެން ކުރަމުންއަންނަ މަސައްކަތްތަކެކެވެ. 
 
މިއަހަރު ރާއްޖެއިން މުޅި ޖުމްލަ 7125 ދަރިވަރުން އޯލެވެލް އިމްތިޙާނާއި އެސް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވެއެވެ.