ޚަބަރު

"ކަރަންޓް ކެނޑުނީ ކޭބަލަކަށް ދިމާވި މައްސަލައެއްގެ ސަބަބުން"


މިއަދު ހެނދުނު މާލޭގެ ބޮޑުބަޔަކުން ކަރަންޓް ކެނޑުނީ ސްޓެލްކޯގެ ކޭބަލްއަކަށް ދިމާވި މައްސަލައެއްގެ ސަބަބުންކަމަށް އެކުންފުނިން ބުނެފިއެވެ. 

ހެނދުނު 9:30 އެހައިކަންހާއިރުން ފެށިގެން ގަޑިއެއްހާއިރަށް މާލޭގެ ބޮޑުބަޔަކުން ކަރަންޓު ކެނޑުނެވެ.



ކަރަންޓު ކެނޑުނު މައްސަލަ ހައްލުކޮށް ސްޓެލްކޯއިން ވަނީ  ގަޑިއެއްހާއިރުގެ ތެރޭގައި ހުރިހާ ސަރަޙައްދަކަށް ކަރަންޓު ފޯރުކޮށްދީފައެވެ. ސްޓެލްކޯގެ ޑިރެކްޓަރ އިބްރާހީމް ރަޢޫފް ވިދާޅުވީ، ކޭބަލަށް ދިމާވި މައްސަލާގައި މާލޭގެ ހަތަރުބައިކުޅަ އެއްބައި ސަރަޙައްދުން ކަރަންޓު ކެނޑުނުކަމަށާއި، މިހާރު އެ މައްސަލަ މުޅިން ޙައްލުކޮށްފައިވާކަމަށެވެ. 

ކޭބަލަށް ދިމާވި މައްސަލަ ޙައްލުކުރެވިފައި ވުމާއެކު ދެން ކަރަންޓު ކެނޑޭނެކަމަށް ލަފާނުކުރެވޭކަމަށް ސްޓެލްކޯއިން ވިދާޅުވިއެވެ. މާލެއިން ދޭރެދޭތެރެއިން ކަރަންޓު ކެނޑޭ މައްސަލަ ޙައްލުކުރުމަށް ސްޓެލްކޯއިން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވާނީ ކެޕޭސިޓީ އިތުރުކުރުމަށް  8 މެގަވޮޓްގެ ޖަނަރޭޓަރެއް އިންސްޓޯލްކޮށް ޓެސްޓް ކުރަންފަށާފައެވެ.