ޚަބަރު

ފަލާޙްގެ 46 ވަނަ ޤުރުޢާން މުބާރާތް މިއަދު ފަށައިފި


ޖަމްޢިއްޔަތުލް ފަލާޙުން އިންތިޒާމްކޮށްގެން ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ 46 ވަނަ މުބާރާތް މިއަދު ފަށައިފިއެވެ. img:http://s1.psmnews.mv/images/660x400/14970880810593.jpg|ފަލާޙްގެ 46 ވަނަ ޤުރުޢާން މުބާރާތް - ފޮޓޯ: މުޙައްމަދު ވަޙީދު

ކޮންމެ ރަމަޟާން މަހަކު ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރު 19 ސްކޫލަކުން 540 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބައިން 363 ދަރިވަރުންނާއި ހިތުން ކިޔެވުމުގެ ބައިން 177 ދަރިވަރުންނެވެ. މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މާލޭގެ ޕްރައިމަރީ، ސެކަންޑްރީ އަދި ހަޔަރ ސެކަންޑްރީ ސްކޫލްތަކަށް ކަމަށް ޖަމްޢިއްޔަތުލް ފަލާހުން މަޢުލޫމާތުދެއްވައެވެ. img:http://s1.psmnews.mv/images/660x400/14970881212449.jpg|ފަލާޙްގެ 46 ވަނަ ޤުރުޢާން މުބާރާތް - ފޮޓޯ: މުޙައްމަދު ވަޙީދު

މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމާއި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ޤުރުއާން ކިޔަވަން ދަންނަ ގިނަ ދަރިވަރުން އުފެއްދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުބާރާތެއް ކަމަށް ޖަމްޢިއްޔަތުލް ފަލާޙްގެ ނައިބު ރަޢީސާ ޒުބޭދާ އަބޫބަކުރު ވިދާޅުވިއެވެ. އަދި މި މުބާރަތުގެ ނަތީޖާ ފާޅުކުރަން ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 28 ވަނަ ދުވަހުގައި ކަމަށް ޒުބޭދާ އަބޫބަކުރު ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14970881422264.jpg|ފަލާޙްގެ 46 ވަނަ ޤުރުޢާން މުބާރާތް - ފޮޓޯ: މުޙައްމަދު ވަޙީދު