ޚަބަރު

ޙައްޖަށް މީހުން ގެންދިއުމުގެ ޙުއްދަ 4 ކުންފުންޏަކަށް ދެއްވައިފި


މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް 4 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދެއްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ހުއްދަދީފައިވާ ކުންފުނިތަކަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްއާއި އަލް ޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަދި ޒަޢީ ޙައްޖު ގްރޫޕް ޕްރައިވެޓް ލިމިޓެޑެވެ. ސަރުކާރުން މިގޮތަށް ނިންމަވާފައި މިވަނީ ޙައްޖަށް މީހުން ގެންދިއުމަށްޓަކައި ގްރޫޕްތަކުން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށް ވަގުތު ކުޑަތަންވެފައިވުމުންނެވެ. އަދި ޙައްޖާޖީންގެ ދަތުރުތައް ހަމަޖެއްސުމުގައި އެއާލައިންތަކުން ކުރިމަތިވެދާނެ ދަތިތަކެއް ހުރިކަމަށް ފެންނާތީ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.  

ޙައްޖަށް ދާ މީހުން ގެންދިއުމަށް ކުންފުނިތަކާ ޙަވާލުކުރުން ލަސްވީ، އެކަމަށް ކުރިމަތި ލީ ޕްރޮޕޯސަލްތައް އަލުން އިވެލުއޭޓްކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިސްލާމިކް މިނިސްޓްރީއަށް އެންގުވުމާ ގުޅިގެނެވެ.