ޚަބަރު

ފާރިސްގެ މައްޗަށް ދަޢުވާނުކުރަން ނިންމަވައިފި


ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ދައުވާކުރުމަށް ޕީ.ޖީ އޮފީހަށް ހުށައަޅާފައިވާ މައްސަލައިގައި ދައުވާ ނުކުރެއްވުމަށް ނިންމަވައި އަނބުރާ ފޮނުއްވާލައްވައިފިއެވެ. 

ޕީ.ޖީ.އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ފާރިސްގެ މައްޗަށް ދައުވާކުރެއްވުމަށް ފުލުހުން ހުށައަޅުއްވާފައިވާ މައްސަލައިގައި ދަޢުވާ ނުކުރެއްވުމަށް ނިންމަވާފައިވަނީ، ޤާނޫނުލް އުޤޫބާތުގައި ޖިނާއީ މައްސަލަތަކުގައި ދައުވާކުރުމަށް ކަނޑައަޅުއްވާފައިވާ މުއްދަތު ހަމަވެފައިވުމުންކަމަށެވެ. އަލަށް އެކުލަވާލައްވާފައިވާ ޤާނޫނުލް އުޤޫބާތުގައި ބަޔާންކޮށްފައިވާގޮތުން ޖިނާޢީ މައްސަލަތަކުގައި، ކުށްކުރާ ތާރީޚުން ފެށިގެން އެންމެ ގިނަވެގެން 8 އަހަރުގެ ތެރޭގައި ދައުވާކުރަން ޖެހެއެވެ. 

އެނގިފައިވާ ގޮތުގައި ފާރިސްގެ މައްޗަށް ދައުވާ ކުރަން ހުށައާޅާފައިވަނީ 2008 ވަނައަހަރުގެ ތެރޭގައި އޭނާ ކުރި ޚަރަދެއް ދައުލަތަށް އަނބުރާ ދައްކާފައި ނުވާ މައްސަލައިގައެވެ. މިމައްސަލަ ފުލުހުން ތަޙްޤީޤް ކުރައްވާފައިވަނީ އޭސީސީން މިމައްސަލަ ފުލުހުންނަށް ހުށައެޅުއްވުމުންނެވެ.