ޚަބަރު

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން މާދަމާ ދަރުބާރުގޭގައި ބާއްވަނީ


ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މާދަމާ ދަރުބާރުގޭގައި ބާއްވަން އެޕާޓީން ނިންމައިފިއެވެ.

ޕީޕީއެމްގެ އިންތިޚާބު ކޮމެޓީން ބުނީ 34 ރަށެއްގައި ވޯޓުލުން މާދަމާ ކުރިއަށްދާއިރު، މާލެ ސިޓީގެ ފަސް ދާއިރާއަކަށާއި އަތޮޅުތަކުގެ 12 ދާއިރާއަކަށް ކެނޑިޑޭޓުން އިންތިހާބުކުރާނެކަމަށެވެ.

ޕީޕީއެމްގެ އިންތިޚާބު ކޮމެޓީން ބުނީ ވޯޓުލުން ކުރިއަށްދާނީ މާދަމާ މެންދުރު 14:00 އިން 16:00 އަށް ކަމަަށެވެ. 

އަންނަ އޭޕްރީލްމަހުގެ 8 ވަނަދުވަހު ބޭއްވެވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ އެންމެފަހު ތާރީޚަކީ އަންނަ މަހުގެ 6 ވަނަދުވަހެވެ.