ޚަބަރު

ހޭންޑްބޯޅަ ރެފްރީން ތަމްރީނު ކުރުމުގެ ކޯސް ފަށައިފި


  • ކޯސް ކުރިއަށްދާނީ މިމަހު 22އިން އޮކްޓޫބަރު 2އަށް މާލޭގައި

ހޭންޑްބޯޅަ ރެފްރީން ތަމްރީނު ކުރުމުގެ ކޯހެއް މާލޭގައި ފަށައިފިއެވެ.

ހޭންޑްބޯޅަ ރެފްރީންގެ ތަމްރީު ކުރުމުގެ ކޯހުގެ ފުރަތަމަ ބެޗު އަންގާރަ ދުވަހު ފަށްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުހައްމަދު ވަހީދެވެ.

މި ކޯހަކީ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމްއެންއައިއެސް) އާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ.

ކޯސް ކުރިއަށްދާނީ މިމަހުގެ 22 އިން އޮކްޓޫބަރު 2ގެ ނިއަލަށެވެ.

ހޭންޑްބޯޅަ ރެފްރީން ތަމްރީން ކުރުމުގެ ފުރަތަމަ ބެޗް ފެށީ 40 ބައިވެރިންނާއެކުއެވެ. 10 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ތިއަރީ އަދި ޕްރެކްޓިކަލްގެ މުހިންމު ކްލާސްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯހުގައި އިސްކޮށް ހަރަކާތްތެރިވަނީ އިންސްޓްރަކްޓަރުން ކަމަށްވާ ޝިޒްނާ ރަޝީދާއި ރަފާހާ އިބްރާހީމެވެ.