ޚަބަރު

ޤައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނެތް: ޑި ބްރޭނާ


  • ކުރިއަށް އޮތީ ނޭޝަންސް ލީގުގެ މެޗުތައް

ބެލްޖިއަމް ރަން ޖީލގެ ގިނަ ކުޅުންތެރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލިޔަސް, އެފަދަ ވިސްނުމެއް ނެތް ކަމަށް މިޑްފީލްޑަރ ކެވިން ޑި ބްރޭނާ ބުނެފިއެވެ.

ޑި ބްރޭނާ ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި, އެފަދަ ކަމަކާ ހިޔާލުވެސް ނުކުރާ ކަމަށެވެ. އޭގެ ބަދަލުގައި އިހުސާސް ވަނީ ކުޅުން ކުރިއަށް ގެންދަން އޭނާ ފިޒިކަލީވެސް ފިޓްކަން ކަމަށް ބުންޏެވެ. އަދި ކުޅުން ކުރިއަށް ގެންދަން ބޭނުންވާކަމަށްވެސް ފަހުގެ ތާރީޚު ދުށް އެންމެ މޮޅު އެއް މިޑްފީލްޑަރު ބުންޏެވެ. ކުޅުން ކުރިއަށް ގެންދަން ބޭނުންވުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށާއި, އެއިހުސާސް ކުރެވޭހާ ދުވަހަކު ކުޅުން ހުއްޓާނުލާނެ ކަމަށް މިހާރު އިޓަލީގެ ނަޕޯލީ އަށް ކުޅޭ 35 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

ގައުމީ ޓީމަށް ކުޅުމާމެދު ކޯޗު އޭނާއާ ސުވާލު ކުރި ކަމަށާއި, ވޯލްޑްކަޕަށް ފަހުވެސް ކުޅުން ކުރިއަށް ގެންދިއުމުގެ އިހުސާސް ކުރެވޭ ކަމަށް ޑި ބްރޭނާ ބުނެފައިވެއެވެ.

"
ވަރަށް ގިނަ ކުޅުންތެރިންވެސް އެދުނީ ކުޅުން ކުރިއަށް ގެންދަން. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންގެ ފެންވަރުވެސް ހުރީ ރަނގަޅަށް. އޮގަސްޓްމަހު އެނބުރި އައިފަހުން އަހަރެންގެ ކުޅުމާމެދު އަހަރެން ހިތްހަމަޖެހޭ.
ޑި ބްރޭނާ

ބެލްޖިއަމްގެ އާ ޖެނެރޭޝަނަށް ކުރިއަށް އޮތީ ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކެވެ. އެގޮތުން ހުކުރު ދުވަހު ރޯމްގައި ކުޅޭނީ ފްރާންސާ ދެކޮޅަށެވެ. އޭގެފަހުން ތުރުކިއޭއާ ދެކޮޅަށް ކުޅޭނެއެވެ. ެ. ވޯލްޑްކަޕް ކްއާޓާ ފައިނަލުގައި ސްޕެއިން އަތުން ބަލިވެ ކެޓި މެޗަށްފަހު, ރަންޖީލުގެ ގިނަ ކުޅުންތެރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ އިތުރުން ކީޕަރު ކޯޓުއާވެސް ނޭޝަންސް ލީގުގައި ނުކުޅެން ވަނީ ނިންމާފައެވެ. ވަގުތީ ގޮތުން ގައުމީ ޓީމާ ދުރަށް ދިއުމުގެ ވިސްނުމެއްވެސް ޑި ބްރޭނާ ނުގެންގުޅެއެވެ. އޭގެ ބަދަލުގައި އޭނާ ބުނީ އާ ކޯޗު ވެން ބޮމެލްއާއެކު ކުރިއަށްދާން ހިތްވަރު ލިބިފައިވާ ކަމަށެވެ.
ޑި ބްރޭނާ ވަނީ ގައުމީ ޓީމަށް 124 މެޗު ކުޅެދީފައެވެ. 2010 ވަނަ އަހަރު ޒުވާން އުމުރުގައި ގައުމީ ޓީމަށް ކުޅެން ފެށީ ޖޯޖް ލީކެންސްގެ އިރުޝާދުގެ ދަށުންނެވެ.