ޚަބަރު

އާޓެޓާގެ ކޮންޓްރެކްޓް އާކުރަން އެއްބަސްވެއްޖެ


  • އާޓެޓާ ބޭނުންވަނީ އާސެނަލްއާއެކު އިތުރު ކާމިޔާބީ ހާސިލް ކުރަން

އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެމްޕިއަން އާސެނަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރަން އެޓީމުގެ ކޯޗު މިކޭލް އާޓެޓާ އެއްބަސްވެއްޖެއެވެ.

އާސެނަލް އާއެކު އާޓެޓާ ހަދާފައިވާ ކޮންޓްރެކްޓް މިސީޒަންގެ ނިޔަލަން ހަމަވާނެއެވެ. އަދި މިއެއްބަސްވުން އާކުރުމުގެ ވާހަކަ އާޓެޓާ އާއި ކްލަބްގެ މެދުގައި ދެކެވޭތާ މަސްތަކެއް ވެފައިވާކަމަށް ޚަބަރު ލިބެއެވެ. ބީބީސީ ސްޕޯޓަސްއިން މިމަހުގެ ކުރީކޮޅު ހާމަކުރިގޮތުގައި ދެފަރާތުގެ މެދުގައި އައު ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް މިހާރުވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.

އާކޮންޓްރެކްޓްގެ މުއްދަތު ހާމަކޮށްފައިނުވި ނަމަވެސް މިއެއްބަސްވުމާއެކު އާޓެޓާ އެކްލަބްގައި ހޭދަކުރާ މުއްދަތު 10 އަހަރަށް އަރާނެއެވެ. އާޓެޓާ އާސެނަލްގެ ކޯޗު ކަމާއި ހަވާލުވެފައިވަނީ 2019 ވަނަ އަހަރުއެވެ. އަދި އާކޮންޓްރެކްޓާއެކު އޭނާއަށް އަހަރަކަށް މިހާރު ލިބޭ މުސާރަ ކަމަށްވާ 10 މިލިޔަން ޕައުންޑްގެ އަދަދު ބޮޑު ތަނުން އިތުރުވެ ބޯނަސްގެ ގޮތުގައި އިތުރު 5 މިލިޔަން ޕައުންޑް ލިބޭގޮތަށްވަނީ އެއްބަސްވެފައެވެ.

އާސެނަލް އާއެކު އައު އެއްބަސްވުމަކަށް އައުމާއި ގުޅޭގޮތުން މިދިޔަ ހަފްތާގައި ވާހަކަ ދައްކަމުން އާޓެޓާ ބުނީ އޭނާ އާސެނަލް ދޫކޮށް ދާން ބޭނުން ނުވާތީ ކަމަށާއި، އޭނާ އާސެނަލްގައި މަސައްކަތް ކުރަމުންދަނީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށެވެ. އެހެންކަމުން އެކްލަބްގެ ސަޕޯޓަރުން އެއްވެސް ވަރަކަށް ހާސްވާން ނުޖެހޭނެ ކަމަށެވެ.

އާޓެޓާގެ ކޯޗު ކަމުގެ ދަށުން އާސެނަލް ވަނީ މިދިޔަ ސީޒަންގައި އިންގްލިޝް ޕްރިމިއަރ ލީގުގެ ތަށި ކާމިޔާބު ކޮށްފައެވެ. މިއީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އާސެނަލްއަށް ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. މީގެއިތުރުން އާސެނަލްވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައިވެސް މިދިޔަ ސީޒަންގައި ކުޅެފައެވެ. މަޢުލޫމާތުލިބޭގޮތުގައި އާޓެޓާ ބޭނުންވަނީ އާސެނަލް އާއެކު އިތުރު ކާމިޔާބީ ހާސިލް ކުރާށެވެ. އަދި އާސެނަލް އާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެޓީމާއެކު އިތުރު ކާމިޔާބީ ހާސިލް ކުރުން ކަމަށް އޭނާ ހާމަކޮށްފައިވެއެވެ.