އަމިއްލަ ނަފްސަށް އިތުބާރުކުރުމާއެކު، އެންމެ ރަނގަޅު ނަތީޖާ ހޯދުމުގެ ޢަޒުމުގައި އޯލެވެލް އިމްތިޙާނާ ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ހިތްވަރު ދެއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދަޅުވީ އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިޙާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ހިތްވަރުދީ، ފުރިހަމަ ކާމިޔާބީއަށް އެދޭކަމަށެވެ.
މިއީ ލޮބުވެތި ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާއެކު ދަރިވަރުން މި ވޭތުވެދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ އިމްތިޙާނުކަމަށާއި، ކޮންމެ ދަރިވަރަކުވެސް އަމިއްލަ ނަފްސަށް އިތުބާރު ކުރުމާއެކު، އެންމެ ރަނގަޅު ނަތީޖާ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ނައިބު ރައީސް ވަނީ ހިތްވަރުދެއްވާފައެވެ.
އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިހާނުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށް ހިތްވަރުދީ، ފުރިހަމަ ކާމިޔާބީއަށް އެދެން.
— Hussain Mohamed Latheef (@HucenSembe) September 20, 2026
މިއީ ލޮބުވެތި ބެލެނިވެރިންނާއި މުދައްރިސުންގެ އެހީތެރިކަމާއެކު ތިޔަ ދަރިވަރުން މި ވޭތުވެދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއާ ކުރިމަތިލާ… pic.twitter.com/tYA5iu7GjL
ނައިބު ރައީސް ވަނީ ކާމިޔާބީއަށް އެދި އުންމީދާއެކު މާތް ﷲގެ ހަޟްރަތުގައި ދުޢާ ދެންނެވުން ގިނަ ކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި ދަރިވަރުންނަށް ފުރިހަމަ ކާމިޔާބީއެއް މިންވަރުކުރެއްވުމާއި ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންނެވިއެވެ.
މިއަހަރުގެ އޯލެވެލް އިމްތިޙާނުގައި މާލެއާއި އަތޮޅުތަކުގެ ސްކޫލްތައް ހިމެނޭހެން 8000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއެވެ. 267 ސެންޓަރުގައި އިމްތިޙާނު ހަދައެވެ. އޯލެވެލް އިމްތިޙާނު ނޮވެންބަރު މަހުގެ 12ގެ ނިޔަލަށް ކުރިއަށްދާނެއެވެ.