ޚަބަރު

އެމްޓީޑީސީގެ ޗެއަރމަންގެ މަޤާމަށް ޝަހީރު


  • އޭނާ އެމަޤާމަށް އައްޔަންކުރީ މިމަހުގެ 7 ގައި

  • ޝަހީރު ވަނީ މީގެކުރިން ސަރުކާރުގެ އެކި ކުންފުނިތަކުގައި އިސް މަޤާމުތައް ފުރުއްވާފައި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑްގެ ޗެއަރމަންކަމުގެ މަޤާމަށް އަޙްމަދު ޝަހީރު އައްޔަންކޮށްފިއެވެ. ޝަހީރު މި މަޤާމަށް އައްޔަންކޮށްފައިވަނީ އިއްޔެއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވިދާޅުވީ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑްގެ ޗެއަރމަންކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް މ.ލާލުބާޣު، އަޙްމަދު ޝަހީރު، އެކުންފުނީގެ ބޯޑުން އައްޔަނުކޮށްފައިވާކަމަށެވެ.


ޝަހީރު ވަނީ މި ސަރުކާރުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ޗެއަރމަންގެ މަޤާމުވެސް އަދާކުރައްވާފައެވެ. ޝަހީރަކީ މީގެކުރިން ފެނަކަ ކޯޕަރޭޝަންގެ ބޯޑުގެ ޗެއަރމަންކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރކަންވެސް 2014 އިން 2018 އަށް ޝަހީރުވަނީ ކުރައްވާފައެވެ.