ރ.މީދޫގައި ކުރިއަށްގެންދާ އިތާ އިންޓަރ ރިސޯރޓް ވޮލީބޯޅަ މުބާރާތުގައި ރީތިފަރު ދެވަނަ މެޗުންވެސް ބަލިވެ, ހެޑް ޓު ހެޑް ބުރަށް ނުގޮސް މުބާރާތުން ކަޓައިފިއެވެ.
ތިން ޓީމް ހިމެނޭ ގްރޫޕް އޭގައި ރީތި ފަރު ދެވަނަ މެޗުން ބަލިވީ ކޯރާ ކޯރާއާ ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ކޯރާ ކޯރާއިން ގެންދިޔައީ 25-14, 25-18 އަދި 25-14 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކޯރާ ކޯރާގެ އަކިންދު އެވެ. ފުރަތަމަ މެޗުގައި ބަނޑޮސް އަތުންވެސް ރީތިފަރު ވަނީ ބަލިވެފައެވެ.
މުބާރާތުގެ ފޯމެޓް އޮތް ގޮތުން ކޮންމެ ގްރޫޕެއްގެ އެއްވަނަ ޓީމާއި ދެވަނަ ޓީމް ވާދަކުރާނީ ލީގު ބުރެއްގައެވެ. ފައިނަލުގެ ޖާގަ ލިބޭނީ ލީގު ބުރުން ކުރި ހޯދާ ދެޓީމަކަށެވެ. މުބާރާތުގައި މިރޭ ވާދަކުރާނީ ގްރޫޕް ބީގެ ކުޑަފުށްޓާއި ދަ ސްޓެންޑާޑް އެވެ.