ޕޯޗްގަލްގެ ފޯވާޑް ޔާއޯ ފެލިކްސްގެ މޮޅު ގޯލަކާއެކު ޗެމްޕިއަން އަލް-ނަޞްރުން ސައުދީ ޕްރޯ ލީގު ފުރިހަމަ މޮޅަކުން ފަށައިފިއެވެ. ލީގުގައި ނަސްރު ފުރަތަމަ މެޗު ކާމިޔާބުކުރީ އަލް ފަތުޙުއާ ވާދަކޮށް 3-0 ނެވެ.
ފުރަތަމަ ހާފްގައި ނަސްރުން ދެ ގޯލްގެ ލީޑެއް ނެގިއެވެ. 37 ވަނަ މިނިޓްގައި ފުރަތަމަ ލަނޑު ޖަހާ ލީޑް ނަގައިދިނީ އެންގެލޯ ގަބްރިއެލް އެވެ. އޭގެ ދެ މިނިޓްފަހުން ދެވަނަ ލަނޑު ޖެހީ މިދިޔަ ސީޒަންގެ މޮޅު ކުޅުންތެރިޔާ ޔާއޯ ފެލިކްސްއެވެ. ގިނަ ކުޅުންތެރިންތަކެއް ނައްޓާލުމަށްފަހު ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އަރިމަތިން އޭރިޔާ ތެރެއަށް ވަދެ. ހަނި އެންގަލްއިން އޭނާ ބޯޅަ ތައްކޮށްލީ ސީދާ ގޯލްގެ މެދުން މަތީ ދާގަނޑަށެވެ. ގޯލް ފެލިކްސްގެ މޮޅު ގޯލާއެކު މެޗު ބަލަން އިން ޓީމްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަތް ޖަހަމުންދިޔަ މަންޒަރު ޓީވީން ދެއްކިއެވެ. ރޮނަލްޑޯ ޓީމްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވީ ނަމަވެސް މެޗުގެ ސްކޮޑްގައިވެސް ނުހިމަނައެވެ. ރޮނާލްޑޯއަށް ކްލަބުން ވަނީ ޕްރެކްޓިސްގައި ބައިވެރިނުވެ މަޑުކުރަން އިތުރު ވަގުތު ދީފައެވެ.
އަލް ނަސްރުގެ ތިންވަނަ ގޯލް ޖެހީ ސަމޯ ކޮސްޓާ އެވެ. ނަސްރު އޮތީ ފުރަތަމަ މެޗުން މޮޅުވެ ތިން ޕޮއިންޓާއެކުއެވެ. މެޗުގެ ދެވަނަ ގޯލްޖެހި ފެލިކްސްއަށް ވަނީ މިދިޔަ ސީޒަންގެ މޮޅު ކުޅުންތެރިޔާގެ ރަން ބޯޅަ ހަވާލުކޮށްފައެވެ.