ކެނެޑާގެ ޓޮރޮންޓޯގައި މިހާރު ކުރިއަށްދާ ޓޮރޮންޓޯ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް އިގާ ސްވިއަޓެކް އާއި ރައިބަކީނާ ހޯދައިފިއެވެ.
މި ސީޒަނުގައި ފުރަތަމަ ފަހަރަށް ސްވިއަޓެކް ފައިނަލަކުން ޖާގަ ހޯދާފައިވަނީ ސެމީ ފައިނަލުގައި ޔޫކްރޭންގެ އެލީނާ ސްވިޓޮލީނާ އާއި ދެކޮޅަށް ކުޅުނު މެޗުދެ ސެޓް އެއް ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ފުރަތަމަ ސެޓޫ ހައެއް ތިނެއްގެ ނަތީޖާއަކުން ސްވިއަޓެކް ކާމިޔާބުކުރިއިރު, ދެވަނަ ސެޓު އެކެއް ހައެއްގެ ނަތީޖާއަކުން ސްވިޓޮލީނާ ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް ތިންވަނަ ސެޓުގައި ސްވިއަޓެކް ވަނީ އޭނާގެ މޮޅު ކުޅުން ދައްކާ ހައެއް ތިނެއްގެ ނަތީޖާއަކުން މޮޅުވެ މެޗު ކާމިޔާބުކޮށްފައެވެ.
މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ހޯދިފައިނުވާ ސްވިއަޓެކް ވަނީ މަޔާމީ ޓެނިސް މުބާރާތުގެ ދެވަނަ ބުރުން ކެޓުމާއިއެކު އޭނާގެ ކޯޗު ބަދަލުކޮށްފައެވެ.
މި މުބާރާތުގެ ފައިނަލުގައި ސްވިއަޓެކް އާއި ދެކޮޅަށް ނިކުންނާނީ ކަޒަކިސްތާނުގެ އެލޭނާ ރައިބަކީނާ އެވެ.
ނިމިގެންދިޔަ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ރައިބަކީނާ މި މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދާފައިވަނީ އެމެރިކާގެ ކޮކޯ ގައުފް އާއި ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗު ފަހެއް ހަތެއް, ހައެއް ދޭއް އަދި ހައެއް ދޭއްގެ ނަތީޖާއަކުން ކާމިޔާބުކުރުމަށްފަހުގައެވެ.
މި މެޗުން ރައިބަކީނާ މޮޅުވެފައިވަނީ މި ދެ ކުޅުންތެރިން 2022 ވަނަ އަހަރު ޓޮރޮންޓޯގައި ބައްދަލުކުރި މެޗުން މޮޅުވެފައިވަނީ ކޮކޯ ގައުފް އެވެ.