ކުޅިވަރު

ޔޫއޭއީގެ ކޯޗަކަށް ކްރޮއޭޝިޔާގެ ޑަލިކް


ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ކޯޗަކަށް ލަޓްކޯ ޑަލިކް ހަމަޖައްސައިފި އެވެ.

އުމުރުން 59 އަހަރުގެ ޑަލިކް އަކި ފާއިތުވެދިޔަ 12 އަހަރު ކްރޮއޭޝިޔާ ހޯދި ކާމިޔާބީތަކުގެ މޭސްތެރިޔާ އެވެ. އޭނާ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ދެ ވަނަ އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ތިންވަނަ ކްރޮއޭޝިޔާ އަށް ހޯދައިދީފަ އެވެ. އޭނާ ކޯޗުކަން ދޫކޮށްލީ މި ދިޔަ މަހު ނިމުނު ވޯލްޑް ކަޕުގެ ގަދަ 32ގެ ބުރުން ޕޯޗުގަލް އަތުން ބަލިވެ ކްރޮއޭޝިޔާ ބަލިވެ މުބާރާތުން ކެޓުމުންނެވެ.

ޔޫއޭއީން ބުނީ ޑަލިކް ކޯޗުކަމަށް ހަމަޖެއްސީ އެ މަގާމަށް ތަޖުރިބާކާރު ގެނައުމުގެ ގޮތުން ކަމަށެވެ. އަދި ޑަލިކް އަކީ ދުނިޔޭގެ ފެންވަރުގައި ކާމިޔާބު ހޯދައި އޭނާގެ ތޫނުފިލިކަން ސާބިތު ކޮށްދީފައިވާ ކޯޗެއް ކަމަށެވެ.

ޑަލިކް ވަނީ ކުރިން ޔޫއޭއީގެ ކުލަބު އަލް އައިން އަށް ވެސް ކޯޗު ކޮށްދީފަ އެވެ.