ވިހެއުމަށްފަހު ތުއްތު ކުއްޖަކު އެކުއްޖާގެ މަންމަގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާކަމަށް ބުނެ މީސްމީޑިއާގެ މަންސަތަކުގައި ދައުރުވަމުންދާ މައްސަލަ ބަލަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.
އެޗްއާރްސީއެމްއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އަމިއްލަ ފަރާތަކުން އެކޮމިޝަނަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން ވިހެއުމަށްފަހު މަންމަގެ ނުރުހުމުގައި ތުއްތު ދަރިފުޅު ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައްސަލަ ބަލަމުންދާކަމަށެވެ.
ވިހެއުމަށްފަހު ތުއްތު ދަރިފުޅު މަންމަގެ ނުރުހުމުގައި ނުހައްގުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ބުނެ މީސްމީޑިއާގެ މަންސަތަކުގައި ދައުރުވަމުންދާ މައްސަލަ އަމިއްލަ ފަރާތަކުން މިކޮމިޝަނަށް ހުށައަޅާފައިވެއެވެ. މިކަން މިކޮމިޝަނުން މިގެންދަނީ ބަލަމުން ކަމުގައި…
— HRC of the Maldives (@hrcmv) August 12, 2026
ތުއްތު ކުއްޖަކު ވިހެއުމަށްފަހު ކުއްޖާގެ މަންމައާއި ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވަނީ މަންމަގެ ހުރި ނުކުޅެދުންތެރިކަމެއް ސަބަބުންކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް ސިއްޙަތާއި ޢައިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިންވަނީ ދޮގުކޮށްފައެވެ. އެވުޒާރާއިން ވިދާޅުވީ ތުއްތު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާނީ އިތުރުއެއްވެސް ގޮތެއް ޢާއިލާތެރެއިން ނުފެންނަ ޙާލަތްތަކުގައި ވަގުތީގޮތުންކަމަށެވެ. އަދި ކުއްޖެއްގެ މައިންބަފައިންގެ ކިބައިގައި ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނުނަގާނެކަންވަނީ ފާހަގަކުރައްވާފައެވެ.