ކުޅިވަރު

ދެކުނު ކޮރެޔާގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ފުލުހުން ވަދެއްޖެ


ދެކުނު ކޮރެޔާގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ފުލުހުން ވަދެ ފާސްކޮށްފި އެވެ.

މިއީ މި އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުން އެ ގައުމު ކެޓުމާއެކު ފެށި ހާއްސަ އޮޕަރޭޝަނުގެ ބައެކެވެ. މި ކަމުގައި މިފަހަރު ބަލާފައިވަނީ ކޯޗު ހުން މިޔުންގް ބޯ މަގާމަށް ގައުމީ ކޯޗުކަމަށް ގެނައުމުގައި ގަވާއިދާ ހިލާފު ކަންކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.

އެ ގައުމުގެ މީޑިޔާތަކުން ބުނާ ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން ތުހުމަތު ކުރަނީ ބޯ މަގާމަށް ގެނައުމުގައި ކޮރެޔާގެ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށެވެ. ހާއްސަކޮށް ކޯޗަށް މުސާރަ ދިނުމުގައި ގަވާއިދާ ހިލާފު ވެފައިވާ ކަމަށް ތުހުމަތު ކުރެވެ އެވެ.

ވޯލްޑް ކަޕުގައި ކޮރެޔާ ކެޓީ މުބާރާތުގެ ދެ ވަނަ ބުރުގައި ދެކުނު އެފްރިކާ އަތުން ބަލިވެގެންނެނެވެ. މި ނަތީޖާއާއެކު ބޯ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. ނަމަވެސް ވޯލްޑް ކަޕުގެ ނަތީޖާ ގޯސްވުމުން އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.