ޚަބަރު

އާޖެންޓީނާގެ ބާކޯ ވެސް ޗެލްސީ އަށް


ސްޓްރޯސްބާރގް އަށް ކުޅެމުންދިޔަ އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރ ވެލެންޓިން ބާކޯ ޗެލްސީ އަށް ސޮއިކޮށްފި އެވެ.

އުމުރުން 21 އަހަރުގެ ބާކޯ ޗެލްސީ އަށް ސޮއިކޮށްފައިވާ ފީގެ އަދަދު އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވާއިރު, ސްޓްރޯސްބަރގް އަކީ ޗެލްސީވެސް ހިންގަމުން އަންނަ ޓޮޑް ބޮއެލީ އެންޑް ކްލިއަލޭކް ކެޕިޓަލް އިން ހިންގަމުންދާ ކްލަބެކެވެ.

ބާކޯ ޗެލްސީ އާއި ގުޅިފައިވާއިރު, ޔުވެންޓަސް އާއި ދެކޮޅަށް ޗެލްސީ ހޮންކޮންގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގެ ކުރިން އޭނާ ޗެލްސީގެ ސްކޮޑާއި ގުޅޭނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ. ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޗެލްސީ ވަރުގަދަ ކުރުމަށް ޝަބީ އަލޮންސޯ ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއީ ޗެލްސީ އާއި އަލަށް ގުޅުނު ހަތްވަނަ ކުޅުންތެރިޔާ އެވެ.

މީގެ ކުރިން ޗެލްސީ އާއި ގުޅިފައިވާ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މޯގަން ރޮޖާރސް, ޑެނީ ވެލްބެކް, އެމަނުއެލް އެމޭގާ, ލެކްރޮއިސް އަދި މާކޯ ޕަލެސްޓްރާ ހިމެނެ އެވެ.

ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގައި ވާދަކުރި އާޖެންޓީނާގެ ސްކޮޑުގައިވެސް ހިމެނުނު ބާކޯ ވަނީ އެ މުބާރާތުގެ އެއް މެޗުގައި ކުޅެފަ އެވެ.

ބޮކާ ޖޫނިއަރސްގެ އެކަޑަމީ އިން ފާހަގަ ކުރެވުނު ބާކޯ ވަނީ 2024 ވަނަ އަހަރު ޕްރިމިއާ ލީގުގެ ކްލަބް ބްރައިޓަން އާއި 7.9 މިލިއަން ޕައުންޑްގެ ފީއަކަށް ގުޅިފައެވެ. ނަމަވެސް އޭގެ އަހަރެއް ފަހުން ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ވަނީ ސްޓްރޯސްބަރގް އަށް ބަދަލުވެ އެ ކްލަބާއިއެކު ދާއިމީ އެއްބަސްވުމެއް ހަދާފަ އެވެ.