މިދިޔަ މަހުގެ ނިޔަލަށް 7000ވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފުލުހުންނަށް ރިޕޯޓްކުރާ ކުށުގެ މައްސަލަތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ވަނީ އިތުރުވެފައެވެ. މިދިޔައަހަރުގެ ޖުލައިމަހުގެ ނިޔަަލަށް ރިޕޯޓް ކޮށްފައިވަނީ 6720 މައްސަލައެވެ. މި އަދަދު މިއަހަރުގެ މި މުއްދަތުގައި ވަނީ 7349 އިތުރުވެފައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކާއި ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އަހަރުގެ މިހާތަނަށް ވައްކަމުގެ 2054 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރު އަދަދެކެވެ.
އަހަރުގެ ފުރަތަމަ 7 މަސްދުވަސް ނިމިފައިވާއިރު، ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ޓްރެފިކް އެކްސިޑެންޓުތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައިމަހުގެ ނިޔަލަށް 1,803 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މިއަހަރު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 1729ގައެވެ.
ކުށް މަދުކުރުމަށް ކަމާގުޅުން ހުރި ފަރާތްތަށް ގުޅިގެން ތަފާތު ހަރަކާތްތައް ދަނީ ހިންގަމުނެވެ. އެގޮތުން "ރައްކާ ރޯޑް ސޭފްޓީ ކެމްޕެއިން" ފާހަގަކޮށްލެވެއެވެ. ރައްކާ ކެމްޕެއިނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ޢާއްމުން ހޭލުންތެރިކުރުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ކެމްޕެއިނެކެވެ.