ޚަބަރު

ހިންމަފުށީގެ ހުޅަނގުން ބާޖެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި


  • ބާޖު އޮޔާދަނީ ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދުން އިރުމައްޗަށް

  • ބާޖު އޮޔާދާއިރު އެއްވެސް އަލިކަމެއް ނެތް

ކ.ހިންމަފުށީގެ ހުޅަނގުން ދަގަނޑު ބާޖެއް އޮޔާދާތީ ދަތުރުވެރިން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކުރައްވައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ހިންމަފުށީގެ ހުޅަނގުން 3.50 ނޯޓިކަލް މޭލު ބޭރުން ދަގަނޑު ބާޖެއް އޮޔާދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

​މި ބާޖު އޮޔާދަނީ، ކ.ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދުން އިރުމައްޗަށް ކަމަށް މައުލޫމާތު ލިބެއެވެ. މި ބާޖު އޮޔާދާއިރު އެއްވެސް އަލިކަމެއް ނެތްކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން މި ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރު ކުރާނަމަ، އިތުރަށް ސަމާލުވުމަށްވެސް ވަނީ އެދިފައެވެ.