ކުޅިވަރު

ތަށި ނުލިބުނަސް ފައިސާއިން އެއްވަނަ އަދިވެސް ރެއާލް އަށް


ތައްޓެއް ނުލިބި ހުސްއަތާ ވިދިވިދިގެން ދެ ވަނަ ސީޒަން ނިންމާލަން ޖެހުނު ނަމަވެސް އާމްދަނީ އެންމެ ގިނައިން ލިބުނު ކުލަބަކީ އަދިވެސް ރެއާލް މެޑްރިޑް ކަމަށް ވެއްޖެ އެވެ.

އެ ކުލަބުން އާއްމު ކުރި ހިސާބުތަކުގައިވާ ގޮތުން މިދިޔަ ސީޒަނުގައި އެކަނި ވެސް ވަނީ 1.3 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބިފަ އެވެ.

"ހިންގުމުގެ ހަރަދާއި ކުޅުންތެރިން ގަތުމަށް ކުރި ހޭދަ ކަނޑފައި ޖެހޭނީ 1.2 ބިލިއަން. މިއީ މިދިޔަ ސީޒަނާ އަޅާ ބަލާއިރު 3.1 ޕަސެންޓް އިތުރު އަދަދެއް،" ރެއާލްގެ ބަޔާނުގައިވެ އެވެ.

މިއާއެކު ރެއާލް ވަނީ އެންމެ ފަހުން އެ ކުލަބަށް ލިބުނު އާމްދަނީ ފަހަނައަޅައި ގޮސްފަ އެވެ. އެއީ 1.2 ބިލިއަން ޑޮލަރެވެ. މިއީ މިހާތަނަށް އެއްވެސް ކުލަބަކަށް ހޯދުނު މިންވަރެއް ނޫނެވެ.

ރެއާލްގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ އެ ކުލަބުގެ ސްޓޭޑިއަމެވެ. ދުނިޔޭގައިވާ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފަހުން ތައްޔާރުކުރި ދަނޑުން ފުޓްބޯޅައިގެ އިތުރުން ތަފާތު ހަފުލާތައް ބާއްވައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދަ އެވެ.