ސްކޫލް ބަންދާއި ދިމާކޮށް ކޭކް މާލަމްއިން އިންތިޒާމްކޮށްގެން "ލިޓިލް ޝެފް 2026" ގެ ނަމުގައި ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.
މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 20 އިން 28 ފުވައްމުލައް ސިޓީގައި ހުންނަ ކޭކް މާލަމްގައެވެ. 8 ދުވަހަށް ކުރިއަށް ގެންދިޔަ ކޭމްޕްގައި ދަރިވަރުންވަނީ، ޑޯނަޓު، ކުރީމީ ޗިކެން ޕާސްތާ، ޕިއްޒާ ރޯލްސް، ނާސިގޮރެން، ބިސްކަޓް ލޭޔާ ކޭކް، ކަޕްކޭކް، ސަލާމީ ސޭންޑުވިޗް، ޕިއްޒާ ސޯސް، ބަރގާ ޕެޓީސް، ބަރގާ ސޯސް، ސޮސެޖް ބުލޮސަމް ބަންސް، ޗޮކުލެޓު ޗިޕް ކުކީސް ހަދަން ދަސްކޮށްދީފައެވެ.
މި ކޯހުގައި 42 ދަރިވަރުން ބައިވެރިވެފައިވެއެވެ. 9 އަހަރާއި 13 އަހަރުގ ކުދިންނަށް އަމާޒު ކޮށްގެން ހިންގި މި ކޯހުގެ މަގުސަދަކީ ހަމަ އެކަނި ދަރިވަރުންނަށް ކައްކަން ދަސް ކޮށްދިނުމެއް ނޫނެވެ.
ކެއްކުމުގެ އިތުރުން ހުނަރުވެރި، ކަންކަމަށް ކެރިގެން ކުރިމަތިލާ، އަމިއްލަ ނަފުސަށް އިތުބާރުކުރާ، އެހެން ކުދިންނާ ގުޅިގެން މަސައްކަތްކުރަން އެނގޭ ދަރިވަރުންތަކެއް ބިނާކުރުމަކީ މި ކޭމްޕްގެ މަޤްޞަދެކެވެ.