ޚަބަރު

ބީޑަބްލިއުއެފް ޖޫނިއާ ސީރީޒްގައި ރާއްޖޭގެ 4 އެތުލީޓުން


  • މިމުބާރާތުގައި ރާއްޖޭގެ ހަ ކުއްޖަކު ވާދަކުރޭ

  • މުބާރާތް ކުރިއަށްދާނީ އަންނަ އޮގަސްޓްމަހުގެ 4 އިން 9 އަށް

ފިލިޕީންސް ޖޫނިއާ އިންޓަނޭޝަނަލް ސީރީޒް 2026 ގައި ވާދަކުރުމަށް ރާއްޖޭގެ ޖޫނިއާ ޤައުމީ ޓީމު މެނީލާއަށް ގޮސްފިއެވެ.

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަކީ 15 އަހަރުންދަށުގެ ކެޓަގަރީގައި ވާދަކުރާ ރިޝާމް ޢަބްދުﷲ، ލައިބާ އަހްމަދު މަޚްލޫފް އަދި ޔަލްވީ ހުސައިން ޒުހުރީއެވެ. 19 އަހަރުންދަށުގެ ކެޓަގަރީގައި ވާދަކުރާނީ ފަލާހް ފަރޫޒާން، އިޒްޔާން ޢަބްދުﷲ އަދި އާމިނަތު އަމްނާއެވެ.

މިމުބާރާތުގައި ވާދަކުރާ ޤައުމީ ޓީމުގެ ކުޅުންތެރިން ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް ކެޓަގަރީގައި ވާދަކުރާނެއެވެ. އަދި މިމުބާރާތުގެ ކުރިން މި ކުޅުންތެރިން ހަތް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފިލިޕީންސްގައި ފުރިހަމަކުރުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތަކީ ބެޑްމިންޓަނުގެ ދުނިޔޭގެ މައި އިދާރާގެ ޖޫނިއާ ސާރކިޓްގައި ހިމެނޭ މުބާރާތެކެވެ. 15 އަހަރުންދަށާއި އަދި 19 އަހަރުންދަށުގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި އޭޝިއާ ސަރަހައްދުގެ އެކި ޤައުމުތަކުން 150 އަށްވުރެ ގިނަ އެތްލީޓުން ވާދަކުރެއެވެ.

ފިލިޕީންސް ޖޫނިއާ އިންޓަނޭޝަނަލް ސީރީޒް 2026 ކުރިއަށްދާނީ އަންނަ އޮގަސްޓްމަހުގެ 4 އިން 9 އަށް ފިލިޕީންސްގެ ވެރިރަށް މެނީލާގެ ގޭމްވިލް ސެންޓްރަލް ޕާކުގައެވެ. އަދި މުބާރާތުގެ ކުޅުންތެރިން ސީޑްކުރުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.