ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 2 ލައްކައަށްވުރެ އިތުރުވެއްޖެއެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ %17.2 އެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1،198،343 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %4.6 ދަށް އަދަދެކެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެއީ 201،739 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއައި ފަތުރުވެރިންނާއި އަޅާބަލާއިރު %15.5 އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 174،658 ފަތުރުވެރިންނެވެ.
ޗައިނާ ފިޔަވައި ދެން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 170،887 ފަތުރުވެރިންނެވެ. 3ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއީ 94،139 ފަތުރުވެރިންނެވެ.
* ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް: 1،168،608 ފަތުރުވެރިން
* ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް: 2،598 ފަތުރުވެރިން
* މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް: 4،004 ފަތުރުވެރިން
* ގަން އިންޓަނޭޝަނަލް އެއަރޕޯޓް: 4،411 ފަތުރުވެރިން
* ވިލާ އިންޓަނޭޝަނަލް އެއަރޕޯޓް: 2،161 ފަތުރުވެރިން
* ދާލު އެއަރޕޯޓް: 984 ފަތުރުވެރިން
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު ދަށްވިނަމަވެސް މިހާރު ރާއްޖޭއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އަދި ވަކިވަކި މާކެޓްތަކުން ދަނީ ކުރިއެރުންތައް ހޯދަމުންނެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު 68،266 ތަނެއް ވަނީ ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 1،309 އަކަށް އަރައެވެ.