ކުޅިވަރު

ރެއާލް މެޑްރިޑުން ޑައޯމަންޑް ގަންނަނީ


ރެއާލް މެޑްރިޑުން ޔޭން ޑައޯމަންޑް ގަތުމަށް 85 މިލިއަން ޔޫރޯ ހުށަހަޅައިފި އެވެ.

ސްޕޭނުގެ މީޑިއާތަކުން ބުނާ ގޮތުގައި ޖަރުމަނުގެ އާރުބީ ލައިޕްޒިގަށް ކުޅޭ މިޑްފީލްޑަރު ވިއްކުމާމެދު އަދި އޭނާގެ ކުލަބުން ވަކި ގޮތެއް ނުނިންމަ އެވެ. ނަމަވެސް އައިވަރީ ކޯސްޓްގެ ކުޅުންތެރިޔާ މިހާރު ވަނީ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވާ ކަމަށް ލައިޕްޒިގަށް އަންގައިފަ އެވެ. އަދި ރެއާލްއާއެކު އޭނާ އަނގަބަހުން އެއްބަސްވެފައިވާ ކަމަށް ވެސް މީޑިޔާތަކުން ބުނެ އެވެ.

ލައިޕްޒިގުން އޭނާ ވިއްކަން ބޭނުންވަނީ މިއަށްވުރެ ބޮޑު އަގެއްގަ އެވެ. ނަމަވެސް މި އަގު މަތި ކުރުމާމެދު ރެއާލް އަދި ވަކި ގޮތެއް ނުނިންމަ އެވެ. ޑައޯމަންޑް ގަތުމަށް ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސި ޗެމްޕިއަން އާސެނަލް އާއި ލިވަޕޫލުން ވެސް ބޭނުންވެ އެވެ. މީގެ ތެރެއިން ލިވަޕޫލުން 85 މިލިއަނަށްވުރެ އަގު ބޮޑު ކުރަން އެއްބަހެއްނުވެ އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ޑައޯމަންޑަކީ ރެއާލްގެ މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯގެ ވަރަށް ބޮޑަށް ޝައުގުވެރިވާ ކުޅުންތެރިއެކެވެ.

ކުރިއަށް އޮތް ސީޒަނަށް ރެއާލް ވަރުގަދަ ކުރުމަށް މޮރީނިއޯ ދިޔަ ފަހުން އެކުލަބުން ވަނީ ލިވަޕޫލަށް ކުޅުނު އިބްރާހީމާ ކޮނާޓޭ އާއި އިންޓަމިލާނުގެ ޑެންޒެލް ޑަމްފްރައިސް އާއި މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ އާއި ޗެލްސީ އަށް ކުޅުނު މާކް ކުކުރޭޔާ ވެސް ގެނެސްފަ އެވެ.