ޚަބަރު

ކަނޑުމަގުން އެތެރެކުރި 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


  • ބަރުދަނުގައި ޖުމްލަ 3110 ގްރާމް ހުރި ކަމަށް ވިދާޅުވި

  • މިތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާ

ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސުން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ވިދާޅުވީ، ކަނޑުމަގުން ރާއްޖެއެތެރެކުރަން އުޅުނު 3.1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އިއްޔެ އަތުލައިގެންފައިވާކަމަށެވެ.

މިމައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3110 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 5.6 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް ކަސްތަމްސްއިން ވިދާޅުވިއެވެ.

މި މަސްތުވާތަކެތީގެ ބާވަތަކީ ސިންތެޓިކް ކެތިނޯން ކަމަށާއި މި ތަކެތި އަތުލައިގެންފައިވަނީ މާލެ ކޮމާޝިއަލް ހާބަރުން ކަމަށް ކަސްޓަމްސްއިން ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހޮނިހުރުދުވަހުވެސް ކަސްޓަމްސްއިން ވަނީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގަތީ، އިންޑިއާއިން ރާއްޖެ އައި ދެ ފަސިންޖަރެއްގެ އަތުންނެވެ. މި ދެ މީހުން ރާއްޖެ އައީ، އައްޑޫ ގަން އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.