ޚަބަރު

ވޮޒީނިއާގެ އާއިލާއަށް ފައިނަލް ބަލާލުމުގެ ފުރުސަތު މެސީ ހޯދައިދިން


  • މެސީ ވަނީ ގިނަ ބަޔަކަށް ފައިނަލް މެޗުގެ ޓިކެޓް ހަމަޖައްސައިދީފަ

ނިމިގެންދިޔަ ވޯލްޑް ކަޕްގައި ގިނަ ބައެއްގެ މަޤްބޫލްކަން ހޯދި ކާބޯ ވާޑޭގެ ކީޕަރ ވޮޒީނިއާގެ އާއިލާއަށް އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރި ފައިނަލް މެޗު ބަލާލުމުގެފުރުސަތު ލިއޮނެލް މެސީ ހޯދާދިންކަމަށް އާޖެންޓީނާގެ މީޑިއާއިން ހާމަކޮށްފިއެވެ.

އާޖެންޓީނާގެ ޖަރނަލިސްޓް ޔަނީނާ ލަޓޯރޭ ބުނީ ވިޒީނިއާ އާއި އޭނާގެ އާއިލާގެ ހަތަރު މީހަކަށް ވޯލްޑް ކަޕްގެ ފައިނަލް ބެލުމުގެ ފުރުސަތު އާޖެންޓީނާގެ ކެޕްޓަން މެސީ ހޯދައިދިން ކަމަށާއި މިގޮތުން އެއާއިލާއަށް ހިލޭ ޓިކެޓް ހަމަޖައްސާދީފައިވާކަމަށް ވެއެވެ. ވޮޒީނިއާގެ އާއިލާއަކީ މެސީގެ ހެޔޮއެދުންތަކާއެކު ޓިކެޓް ހަމަޖައްސާދިން ގިނަ މީހުންގެ ތެރެއިން އެކަކެވެ.

ވޮޒީނިއާވަނީ ނިމިގެންދިޔަ ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ މަޤްބޫލްކަން ހޯދައިފައެވެ. މީގެތެރޭގައި ވޯލްޑް ކަޕް ކާމިޔާބު ކުރި ސްޕެއިން އާއި ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގެ އިތުރުން ރައުންޑް އޮފް 16 ގައި އާޖެންޓީނާ އާއި ދެކޮޅަށް ކުޅުނު މެޗު ފާހަގަ ކޮށްލެވުނެވެ. މި ދެމެޗުގައިވެސް ވޮޒީނިއާވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއު ކޮށްފައެވެ. އެހެން ކަމުން ވޮޒީނިއާ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕްގެ ތެރޭގައި އެންމެ ބޮޑަށް މަޤްބޫލްކަން ހޯދި އެއް ކުޅުންތެރިޔާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވޮޒީނިއާއަށް މިހާރުވަނީ ބައެއް ކްލަބް ތަކުގެ އޮފަރވެސް އަންނަން ފަށައިފައެވެ. މީގެތެރޭގައި މެސީ ކްލަބް ފުޓްބޯޅަ ކުޅެމުންދާ އިންޓަރ މައޭމީވެސް ހިމެނިގެންދެއެވެ.