ވޯލްޑް އެތްލެޓިކްސް އަންޑަރ 20 ޗެންޕިއަންޝިޕްގައި ރާއްޖޭގެ ދިދަ އުފުލުގެ ޝަރަފު އަހްނާ ނިޒާރަށް ލިބިއްޖެއެވެ.
ގިނަ ކާމިޔާބުތަކެއް ހޯދަމުން އަންނަ އުންމީދީ ސްޕްރިންޓަރއަށް މި ޝަރަފު ލިބިފައިވާއިރު، ވޯލްޑް އެތްލެޓިކްސް އަންޑަރ 20 ޗެންޕިއަންޝިޕް އޮންނާނީ އަންނަމަހުގެ 05 އިން 09 ގެ ނިޔަލަށް އެމެރިކާގެ އޮރެގޮންގައެވެ.
އަހްނާވަނީ މިއަހަރުގެ ޖޫންމަހު ޗައިނާގެ ހޮންގކޮންގުގައި ކުރިއަށްދިޔަ 20 އަހަރުންދަށުގެ އޭޝިއަން ޗެންޕިއަންޝިޕްގައި ވާދަކޮށް، 200 މީޓަރު ދުވުމުގެ ގައުމީ ރިކޯޑްވެސް އައުކޮށްފައެވެ.
20 އަހަރުންދަށުގެ އޭޝިއަން ޗެންޕިއަންޝިޕް ކުރިއަށްދިޔައީ މިދިޔަ ޖޫންމަހުގެ 28 އިން 31 ވަނަ ދުވަހުގެ ނިޔަލަށް ހޮންގކޮންގުގައި ހުންނަ ޔޫތް ސްޕޯޓްސް ގްރައުންޑްގެ ކައި ޓަކް ސްޕޯޓްސް ޕާކްގައެވެ.