ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ވައިގެ މަގުން ރެކޯޑު އަދަދަކަށް މުދާ ބޭރުކޮށްފިއެވެ. އެމްއޭސީއެލުން ވިދާޅުވީ އެއް ދުވަހެއްގެތެރޭ 114 ޓަނުގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު، މިއީ މިހާތަނަށް އެއް ދުވަހެއްގެތެރޭ އެންމެ ގިނައިން މުދާ ބޭރުކުރި ދުވަސް ކަމަށެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި އެއާޕޯޓުން ވަނީ ޖުމްލަ 7,928 ޓަނުގެ މުދާ ރާއްޖެއިން ބޭރުކޮށްފައެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއިން ބޭރުކުރި 6,879 ޓަނުގެ މުދަލާއި އަޅާބަލާއިރު 15 އިންސައްތަ އިތުރު އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް މުދާ ބޭރުކޮށްފައިވަނީ މާރިޗު މަހުގައެވެ. އެ މަހު އެކަނިވެސް 1,791 ޓަނުގެ މުދާ ވަނީ ވައިގެ މަގުން ބޭރުކޮށްފައެވެ.
އަދި މިމަހުގެ 12ވަނަ ދުވަހު ވީއައިއޭއިން ވަނީ އެއް ދުވަހެއްގެ ތެރޭގައި 114 ޓަނުގެ މުދާ ވައިގެ މަގުން ބޭރުކޮށް، އައު ރެކޯޑެއް ހަދާފައެވެ. މީގެ ކުރީގެ ރެކޯޑަކީ 100 ޓަނުގެ މުދަލެވެ.
A new record set as 114T of transshipment cargo is exported in a day, marking a significant achievement in air freight operations✈️📦
— Velana Airport (@VelanaAirport) July 13, 2026
This record comes as MLE transshipment continues to grow, with overall volumes surpassing 7,000 tonnes in the first half of 2026, reinforcing the… pic.twitter.com/zpkMQB59hF
އެފްކޮމް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑް : 27%
ސްރީލަންކަން އެއާލައިންސް : 25%
ޗައިނާ އީސްޓަން އެއާލައިންސް : 7%
ބެއިޖިންގް ކެޕިޓަލް އެއާލައިންސް : 7%
ސިންގަޕޯ އެއާލައިންސް : 6%
ޓާކިޝް އެއާލައިންސް : 14%
ބްރިޓިޝް އެއާވޭސް : 14%
އެއިރޯފްލޮޓް : 12%
ވާޖިން އެޓްލާންޓިކް : 9%
ގަތަރު އެއާވޭސް : 9%
މި އައު ރެކޯޑާއެކު، ސަރަހައްދީ އެއާ ކާގޯ ޓްރާންޝިޕްމަންޓް ހަބެއްގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ދާއިރާގެ މާހިރުން ވިދާޅުވެއެވެ. އަދި މިއީ ރާއްޖެ މެދުވެރިކޮށް މުދާ އުފުލުމަށް އޮތް ޑިމާންޑާއި އެއާލައިންތަކުގެ ގުޅުން އިތުރުވަމުންދާކަމުގެ ހެއްކެއް ކަމަށްވެސް އެ ފަރާތްތަކުން ގަބޫލުކުރެއެވެ.