ޚަބަރު

ޕާޓީއެއްގެ އިންތިޚާބު ކުރިއަށްދަނިކޮށް ބަޔަކު މާރާމާރީ ހިންގި މައްސަލަ ބަލަނީ


  • މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ މިރޭ 21:15 އެހަާކަންހާއިރު

  • އިންތިޚާބު ބޭއްވި ސްކޫލުގެ މުދަލަށް ވަނީ ގެއްލުންދީފައި

ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއް ކުރިއަށްދަނިކޮށް އެތަނަށް ބަޔަކު ވަދެ މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގެ ވޯޓު ގުނުން ހުޅުމާލެ ފޭސް 2ގައި ހުންނަ ސްކޫލެއްގައި ކުރިއަށް ދަނިކޮށް، އެތަނަށް ބަޔަކު ވަދެ މާރާމާރީ ހިންގާފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށައަޅާފައިވަނީ، ޖުލައި 11 ވަނަ ދުވަހުގެ ރޭ 21:15 އެހައިކަންހާއިރުއެވެ.

ފުލުހުން ވިދާޅުވީ، އެ ސުކޫލަށް ބަޔަކު ވަދެ ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.