ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރަން މަޖިލީހަށް ފޮނުވައިފިއެވެ.
ދިނާޔާ އެ މަޤާމަށް އައްޔަންކުރުމާމެދު ގޮތެއް ނިންމަވައިދެއްވުމަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅު މިއަދު މަޖިލީހުގައި ވަނީ އިއްވަވާފައިވެއެވެ.
އެކަމާމެދު މަޖިލީހުން ގޮތެއް ނިންމުމަށް، މަޖިލީހުގެ ޚާރިޖީގުޅުންތަކުގެ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ދިޔާނާ ވަނީ ބަންޑާރަނައިބުގެ މަޤާމު އަދާކުރައްވާފައެވެ. އޭގެ ފަހުން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ވެރިކަމުގައި ދިޔާނާ ވަނީ ޖެންޑަރ މިނިސްޓަރުކަމުގެ މަޤާމުވެސް ފުރުއްވާފައެވެ.
ފޮރިން ސަރވިސްގެ މަޤާމަށް ދިޔާނާ އައްޔަންކުރެއްވުމުގެ ކުރިން، އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް ދިޔާނާ އައްޔަންކުރައްވާފައި ވަނީ މިދިޔަ އޭޕްރިލް މަހުއެވެ.