ޚަބަރު

ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ބައި މިލިޔަން ޑްރޯން ޕައިލެޓުން ތަމްރީންކުރަނީ


އުތުރު ކޮރެޔާއިން ކުރިމަތިވެފައިވާ ނުރައްކަލާ ދެކޮޅަށް، ދެކުނު ކޮރެޔާގެ ބައި މިލިއަން ސިފައިންގެ މީހުންނަށް އަސްކަރީ ޑްރޯން އުދުއްސުމުގެ ތަމްރީނު ދީ، އެތަކެއް ހާސް ޑްރޯން ފޯރުކޮށްދޭން ނިންމައިފިއެވެ.

ދެކުނު ކޮރެޔާގެ ދިފާޢީ ވަޒީރު އާން ގްޔޫ-ބޮކް ވިދާޅުވީ، 2029ވަނަ އަހަރާ ހަމައަށް 110،00 އަސްކަރީ ޑްރޯން އުފައްދައި، އެތަކެތި އެއްގަމާއި ކަނޑާއި އަދި ވައިގެ ސިފައިންނަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް، ފަހުން ވަނީ އެ ޢަދަދު 60،000އަށް ދަށްކޮށް، މި އަހަރުގެ ތެރޭގައި 11،000 ޑްރޯން އުފައްދަން ނިންމާފައިވާކަމަށް ބުނެފައެވެ.

އާން ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ ޙާލަތެއްގައި ޑްރޯނަކީ ބައެއް އަސްކަރީ ޔުނިޓުތަކަށް ލިބިފައިވާ ޤާބިލުކަމުގެ ބަދަލުގައި، ކޮންމެ ސިފައިންގެ މީހަކަށް ވެސް ދެވޭ ހަތިޔާރެއްގެ ގޮތުގައި ހެދުމަކީ ސަރުކާރުގެ ވިސްނުމެވެ. ދެކުނު ކޮރެޔާއިން މި ނިންމުން ނިންމާފައިވަނީ، އުތުރު ކޮރެޔާއިން ވެސް ޑްރޯން އުފެއްދުމުގެ ޤާބިލުކަން އެތައް ގުނައަކުން އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މީގެއިތުރުން، ޑްރޯން ޙަމަލާތަކުން ދިފާޢުވުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް އާން ވިދާޅުވިއެވެ.

ދެކުނު ކޮރެޔާގެ އައު ރައީސް ލީ ޗޭއި-މައިޔޮންގް ވަނީ، އެ ޤައުމުގެ ޑްރޯން ޕްރޮގްރާމް ހުއްޓާލައި، އައު ނިޒާމެއްގެ ތެރެއިން އެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމަވައިފައެވެ.

ދެކުނު ކޮރެޔާގެ ޑްރޯން ޕްރޮގްރާމާ ގުޅިގެން ސުވާލު އުފެދުނީ، އެ ޤައުމުގައި 2024ވަނަ ކުއްލި ޙާލަތި އިޢުލާނުކުރުމަށް، އޭރުގެ ރައީސް ޔޫން ސުކް ޔޯލް އުތުރު ކޮރެޔާއަށް ޑްރޯންތަކެއް ފޮނުވައިލި މައްސަލައިގައެވެ.