ޚަބަރު

ހަލާކުވާ ޒާތުގެ މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނެ


  • 15:30 އިން ފެށިގެން މިރޭގެ 23:30އާއި ހަމައަށް މުދާ ކްލިއަރ ކުރާނެ

އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް ނުވަތަ ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ މަސައްކަތް މިއަދުވެސް ކުރިއަށްދާނެކަމަށް އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

އެމްޕީއެލްއިން ވިދާޅުވީ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތީގެ ބާވަތްތައް މާލެ ވިޔަފާރި ބަނދަރުން ކްލިއަރކުރުމަށް އެ ކުންފުނިން އަމަލުކުރާ ޚާއްސަ އުސޫލުގެ ދަށުން މިއަދު މެންދުރު ފަހު 15:30 އިން ފެށިގެން މިރޭގެ 23:30އާއި ހަމައަށް މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ.


މިދިޔަ ހަފްތާގަައިވެސް އެމްޕީއެލްއިން ވަނީ 1823 ޓީއީޔޫސް އަންލޯޑްކޮށް 1692 ޓީއީޔޫސް ލޯޑްކޮށްފައިއެވެ. އެގޮތުން މިދިޔަ ހަފްތާގައި ހަލާކުވާ ޒާތުގެ މުދަލުގެ 51528 ޕެކޭޖުވަނީ ކްލިއާރކޮށްފައެވެ.