ޚަބަރު

ވޯލްޑް ކަޕްގައި ކެނެޑާއި ބޮސްނިއާ ތަމްސީލް ކުރެވޭތީ ހިތްހަމަ ޖެހިފަ

  • މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޓޮރޮންޓޯ ސްޓޭޑިއަމްގައި

ފީފާ ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ކެނެޑާ އާއި ބޮސްނިއާ އެންޑް ހަރޒެގޮވީނާ މިރޭ ދަންވަރު ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު މިފަހަރުގެ ވާރލްޑް ކަޕްގައި މިދެ ޤައުމު ތަމްސީލް ކުރެވޭތީ ވަރަށް ހިތްހަމަ ޖެހިފައިތިބިކަމަށް މިދެ ޤައުމުގެ ކޯޗުން ހާމަކޮށްފިއެވެ.

މުބާރާތް ބާއްވާ އެއް ޤަައުމުކަމުގައިވާ ކެނެޑާގެ ކޯޗު ޖެސީ މާޝް އާއި ބޮސްނިއާގެ ކޯޗު ސަރުގެއި ބާބެރޭޒް މިކަން ހާމަކޮށްފައިވަނީ މިމެޗުގެ ކުރިން ވަކިވަކިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.

ކެނެޑާގެ ކޯޗު މާޝް ހާމަކުރިގޮތުގައި އަމިއްލަ ފަސްގަނޑުގައި ކުޅޭ މުބާރާތަކަށް އެޤައުމުގެ ޓީމެއް ގޮވައިގެން ނިކުތުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާއި ހިތްވަރެއް ލިބިގެންދާ ކަމެއް ކަމަށެވެ. އަދި މިއީ އޭނާގެ ކޯޗިންގ ކެރިއަރުގައި އެންމެ ފާހަގަ ކޮށްލެވޭ އެއް މުބާރާތަށް ވެގެންދާނެކަމަށްވެސް އޭނާ ހާމަކުރިއެވެ.

މާޝް ބުނިގޮތުގައި އޭނާގެ ޓީމުގެ އެންމެ ބޮޑަށް ހިތްވަރު ލިބިގެންދަނީ ޓީމުގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ. އަދި ކެނެޑާގެ ޤައުމީ ސަލާމް ކިޔާއިރު އެޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދާ ޤައުމީ ރޫހުގެ ސަބަބުން އެކުޅުންތެރިން މިކަމަށް ދޭ އަހައްމިއްޔަތުކަން ފާހަގަ ވެގެންދާ ކަމަށެވެ. އަދި މިއީ މިފަހަރުގެ މުބާރާތުގައި ކެނެޑަ ތަމްސީލް ކުރަން ލިބޭނެ އެންމެ ފުރިހަމަ ފުރިހަމަ ކުޅުންތެރިންގެ ޓީމުކަމަށް އޭނާ ފާހަގަ ކުރިއެވެ.

ކެނެޑާ ޓީމުގެ މެދުތެއަށް ކުޅޭ ސްޓެފަން އެއުސްޓާކިއޯ ބުނީ ކެނެޑާ ޓީމުން މަސައްކަތް ކުރަމުންދަނީ މިމުބާރާތުގައި ކުޅެވޭތީ ލިބިފައިވާ އުފާވެރިކަމާއި އެއްވަރަށް ކުރިއަށް އޮތް މެޗުތަކަށް އަހައްމިއްޔަތުކަން ދީގެން ކަމަށެވެ.

ބޮސްނިއާގެ ކޯޗު ބާބަރޭޒް ބުނީ މިރޭގެ މެޗުގައި މުބާރާތް ބާއްވާ އެއް ޤައުމާއި ފުރަތަމަ މެޗުގައި ބައްދަލުކުރާއިރު އޭނާގެ ޓީމު ނިކުންނާނީ އަންޑަރޑޯގްސްގެ ގޮތުގައި ނަމަވެސް ބޮސްނިއާ މިމެޗާއި ކުރިމަތިލާނީ 12 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ވާރލްޑް ކަޕްގައި ބޮސްނިއާ ތަމްސީލް ކުރެވޭތީ އެކަމުގެ ފަހުރުވެރިކަމާއެކު ކަމަެވެ.

ބާބަރޭޒް ބުނީ ބޮސްނިއާ އަކީ ކުޑަ ޤައުމެއް ކަމަށާއި އަދި މިއީ އެޓީމުން ވަރލްޑް ކަޕްގައި ވާދަކުރަ ދެވަނަ ފަހަރު ކަމަށެވެ. އަދި ދުނިޔޭގެ ރޭންކިންގ ގެ 64 ވަނައިގާ އޮތް ނަމަވެސް މިފަހަރުގެ މުބާރާތުގައި ބޮސްނިއާއިން ރަނގަޅު ކުޅުމެއް ދައްކާނެކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ.

މިރޭގެ މެޗުގައި ކެނެޑާގެ ފަހަތުގައި އެޤައުމުގެ ރައްޔިތުން ތިބޭނެކަން ޔަގީންވާއިރު ކެނެޑާގައި ބޮސްނިއާއަށް އޮތް ތާއީދުވެސް ކުޑައެއް ނޫނެވެ. މިގޮތުން އެޓީމުން ބާއްވާ ކޮންމެ ފަރިތަކުރުމަކަށް ގިނަ އަދަދެއްގެ މީހުން ބަަން ދާކަމަށް ވެއެވެ.