އައިކޯނިކް އިވެންޓްސްއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ "ރާރާ ޕްރޯ 2026" ގެ "ޓްވިން ޓިޕް ސްލާލޮމް ރޭސިންގ އިވެންޓް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކ. ދިއްފުށީގައި ކުރިއަށްދާ މި މުބާރާތުގެ ޓްވިން ޓިޕް ސްލާލޮމް ރޭސިންގ އިވެންޓްގެ ޗެންޕިއަންކަން ހޯދީ އޭޝިއާގެ އެންމެ ވަރުގަދަ އެއް ކައިޓް ސާފަރުކަމަށްވާ ތައިލޭންޑުގެ ނަރަޕިޗިޓް ޕުޑްލާ (ޔޯ) އެވެ. އަދި މި އިވެންޓުން ދެވަނަ ހޯދާފައިވަނީ "ރާރާ ޕްރޯ 2025" އެއްވަނަ ކައިޓްބޯޑަރު އަދި ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކައިޓްސާފަރު ކަމަށްވާ ހަސަން މާހިރުއެވެ.
މި އިވެންޓްގެ ތިންވަނަ ކަށަވަރުކުރީ "ރާރާ ޕްރޯ 2026"ގެ އެމްބެސެޑަރުކަމަށްވާ ވިސާމް މުހައްމަދުއެވެ.
އައިކޯނިކް އިވެންޓްސްއިން ބުނެފައިވާ ގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ކައިޓް ބޯޑިން އިތުރަށް ފުޅާކޮށް، މޫދު ކުޅިވަރާއި ފަތުރުވެރިކަން ގުޅުވާލުމެވެ. އޭގެ އިތުރުން މިކުޅިވަރު އިތުރަށް ފުޅާކުރެވޭނެ ގޮތްތައް ދެނެގަނެ މިކަމުގެ ތެރެއަށް އައު އެތުލީޓުން ވެއްދުމަކީ މިފަދަ އިވެންޓެއް ރާއްޖޭގައި ބޭއްވުމުގެ މުހިންމު މަގްސަދެއްކަމަށް އައިކޯނިކް އިވެންޓްސްއިން މައުލޫމާތުދެވެ.
ތިރީހަށްވުރެ ގިނަ ކައިޓް ސާފަރުންނާއެކު ކުރިއަށްދާ "ރާރާ ޕްރޯ އެޑިޝަން 2" ކުރިއަށްދާނީ މިމަހުގެ 1 އިން 6 ގެ ނިޔަލަށް ކ. ދިއްފުށީގައެވެ.