ޚަބަރު

ޔޫކްރޭނުގެ ވެރިރަށަށް ރަޝިޔާގެ ވަރުގަދަ ޙަމަލާތަކެއް


ޔޫކްރޭނުގެ ވެރިރަށް ކިއޭވަށް ރަޝިޔާއިން ސަތޭކައަށް ވުރެ ގިނަ މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފިއެވެ.

މިއީ މީގެ ހަތަރު ކުރިން ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން ހަނގުރާމަ ފެށި ފަހުން، ކިއޭވަށް އަމާޒުކޮށް ރަޝިޔާއިން ދިން އެންމެ ވަރުގަދަ ވައިގެ ޙަމަލާތަކުގެ ގޮތުގައި ޔޫކްރޭނުގެ އަސްކަރިއްޔާއިން ވަނީ ސިފަކޮށްފައެވެ.

އެތައް ގަޑިއިރަކަށް ދިގުދެމިގެންދިޔަ ވައިގެ ޙަމަލާތަކުގައި އޮރެޝްނިކް ހައިޕަރ ސޮނިކް މިސައިލެއް ވެސް ވަނީ ބޭނުންކޮށްފައެވެ.

އެ ޙަމަލާތަކުގައި މިހާތަނަށް ހަތަރު މީހުން މަރުވެ، 80އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށް ޔޫކްރޭނުގެ ކަމާގުޅޭ އިދާރާތަކުން ބުންޏެވެ.

އަދި އެ ޙަމަލާތަކުގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ އިމާރާތްތަކަށާއި ސްކޫލްތަކަށް ވެސް ބޮޑެތި ގެލުންތައް ލިބިފައިވާކަމަށް ބުނެފައިވެއެވެ.

ޔޫކްރޭނުގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި، ރަޝިޔާއިން ވަނީ 90 މިސައިލާއި 600 ޑްރޯން ޙަމަލާ ކިއޭވަށް އަމާޒުކޮށްފައެވެ.

ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި، ރަޝިޔާއިން މަސައްކަތް ކޮށްފައިވަނީ ކިއޭވްގެ ފެން ސަޕްލައި ކުރާ ވިއުގަތަކަށް ގެއްލުން ދިނުމަށެވެ.

ނަމަވެސް، ރަޝިޔާއިން ބުނެފައިވާ ގޮތުގައި، މި ޙަމަލާތައް އަމާޒުކޮށްފައިވަނީ ޔޫކްރޭނުގެ އަސްކަރީ ކޮމާންޑް ސެންޓަރުތަކަށެވެ.

މިއީ ފެބްރުއަރީ 2022ގައި، ހަނގުރާމަ ފެށުނު ފަހުން ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން އޮރެޝްނިކް މިސައިލް ބޭނުންކުރި ތިންވަނަ ފަހަރެވެ.