ޗައިނާގައި ބާއްވާ 4ވަނަ ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިންގައި ރާއްޖެ ތަމްސީލުކުރާނީ އައިޝަތު ޝަބާ ސަލީމު ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން ބުނެފިއެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ މި މުބަރާތުގައި ޝަބާ ވާދަކުރާނީ 100 މީޓަރު ދުވުމުގައިކަމަށެވެ.
މުބާރާތް އޮންނާނީ މެއި 18-19 އަށް ޗޮންގޗިންގައެވެ. ރާއްޖޭގެ ބާރު ދުވަންތެރިޔާ ޝަބާ މި މުބާރާތަށް ދިއުމަށް ފުރާނީ މެއި 15 ގައެވެ. އޭނާވަނީ މިއަހަރު ޗައިނާގެ ސަންޔާގައި ބޭއްވި އޭޝިއަން ބީޗް ގޭމްސްގައިވެސް ރާއްޖެ ތަމްސީލުކޮށްފައެވެ.
އަދި މިދިޔަ އަހަރު ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވި ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލްގައި ވާދަކުރިއެވެ. މީގެ އިތުރުންވެސް ބައިނަލްއަގްވާމީ މުބާރާތްތަކާއި ޤައުމީ މުބާރާތް އަދި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވާދަކޮށް ޝަބާ ވަނީ ރަނގަޅު ޓައިމިންތަކެއް ހަދާފައެވެ.