ޚަބަރު

އެސްޕަނިއޯލް އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެ


ސްޕެނިޝް ލަލީގާގައި ރޭ އެސްޕަނިއޯލް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކާމިޔާބުކޮށްފި އެވެ.

އެސްޕަނިއޯލްގެ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް މެޑްރިޑް މޮޅުވުމާއިއެކު ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ބާސެލޯނާއަށް ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފަ އެވެ. އެހެންކަމުން އަންނަ އާދީއްތަ ދުވަހު އެލް ކްލެސިކޯ މެޗަށްފަހު ލީގު ޗެމްޕިއަންކަން ކަނޑައެޅިގެންދާނެ އެވެ. އެ މެޗުން ބާސެލޯނާއަށް ޕޮއިންޓެއް ހޯދައިގެންވެސް ލީގު ޗެމްޕިއަންކަން ލިބިގެންދާނެ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 10 ވަނަ މިނިޓުގައި ވިނިޝިއަސް ޖޫނިއަރ ވަނީ ލަނޑެއް ޖަހާ ރެއާލް މެޑްރިޑަށް ކުރި ހޯދަދީފަ އެވެ.

އަދި މެޗުގެ 66 ވަނަ މިނިޓުގައި ވިނިޝިއަސް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މި ލަނޑާއެކު ވިނިޝިއަސް ޖޫނިއަރ މި ސީޒަނުގައި ލަލީގާގައި ޖެހި ލަނޑުގެ އަދަދު ވަނީ 15 އަށް އަރާފަ އެވެ.

އެލްކްލެސިކޯ މެޗަށް ބާސެލޯނާ އާއި ރެއާލް މެޑްރިޑް ނިކުންނައިރު ފާއިތުވެދިޔަ 97 އަހަރުގެ ތެރޭގައި ސެރިއާގެ ޗެމްޕިއަންކަން އެލް ކްލެސިކޯ މެޗެއްގައި ކަނޑައެޅިފައެއް ނުވެއެވެ.

ރެއާލް މެޑްރިޑަށް 34 މެޗުން 77 ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާއަށް ލިބިފައިވަނީ 88 ޕޮއިންޓެވެ.